މަރްޔަމް ނަހްދާ ވަޙީދު   5 އޮކްޓޯބަރު 2024 - 5:55
ކެރެޓު ޖޫހަކީ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެއް- ގޫގުލް އިމޭޖެސް
ކެރެޓު ޖޫހަކީ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެއް- ގޫގުލް އިމޭޖެސް
ކެރެޓަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ، ތަފާތު އެކި ކަންކަމުގައި މީހުން ބޭނުން ކޮށްއުޅޭ ތަރުކާރީގެ ބާވަތެކެވެ. މިއީ ކުޅި ކާތަކެތި ތައްޔާރު ކުރުމުގައާއި، ހަލްވާ ފަދަ ފޮނިތަކެތި ތައްޔާރު ކުރުމުގައިވެސް މީހުން ބޭނުން ކޮށް އުޅޭ އެއްޗެކެވެ. ކެރެޓަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް ހިމެނޭ އެއްޗަކަށްވީއިރު، ކޮންމެ ދުވަހަކު ހެނދުނު ކެރެޓު ޖޫސް ބޯނަމަ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބެއެވެ.

އެގޮތުން ބަލާއިރު ކޮންމެ ދުވަހަކު ހެނދުނު ހޭލުމަށްފަހު ކެރެޓު ޖޫސްތައްޓެއް ބޯނަމަ މީހާގެ ދިފާއީ ނިޒާމު ވަރުގަދަވެއެވެ. ކެރެޓަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނޭ ބާވަތެކެވެ. މިއީ ދިފާއީ ނިޒާމުގެ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ދިއުމަށްޓަކައި ވަރަށް މުހިންމު މާއްދާއެކެވެ. މި މާއްދާއަކީ އިންފެކްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެހީތެރިވެދޭ މާއްދާއެއްކަމުން ކޮންމެ ދުވަހަކު ކެރެޓު ޖޫސް ބޯނަމަ ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ސީ އެތެރެވެ، އޭގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު ވަރުގަދަވެއެވެ. އަދި އަރިދަފުސް ރޯގާ ފަދަ ބަލިތަކުން މީހާ ދުރުކޮށްދޭނެއެވެ.

މިއީ ހަށިގަނޑު ޑީޓޮކްސިފައި ކުރުމުގައިވެސް އެހީވެދޭ ބާވަތެކެވެ. ކެރެޓު ޖޫހަކީ އޭގައި ގިނަ އަދަދަކަށް ފައިބާ އެކުލެވޭ އެއްޗެއްކަމުން ކޮންމެ ދުވަހަކު މި ބޭނުން ކުރާނަމަ ބަނޑު ފުއްޕުން ހުއްޓުވައިދީ، ހަޖަމުގެ މައްސަލަތަކުން މީހާ ދުރުކޮށްދެއެވެ. އަދި މި ބުއިމުން ހަށިގަނޑުގައި ހުންނަ އެކިކަހަކަ ވިހަ މާއްދާތައް ހަށިގަނޑުން ބޭރު ކޮށްދީ، ފުރަމޭގެ މަސައްކަތްތައްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ދިއުމަށް އެހީވެއެވެ.

މީގެ އިތުރުން މިއީ ތަފާތު އެކި އެންޓި އޮކްސިޑެންޓުތައް ހިމެނޭ އެއްޗެއް ކަމުން ކޮންމެ ދުވަހަކު ހެނދުނު ހެނދުނާ މި ބުއިމުން، މީހާގެ ހަންގަނޑުވެސް ތާޒާވެއެވެ. މިކަން މިހެން ވަނީ ކެރެޓު ޖޫހުގައި ހިމެނޭ އެންޓި އޮކްސިޑެންޓުތަކަކީ ހަށިގަނޑުގައި ކޮލަޖެން އުފެެއްދުމުގައި އެހީވެދޭ އެއްޗަކަށްވާތީއެވެ. މީގެ އިތުރުން މީގައި ހިމެނޭ މާއްދާތަކަކީ މޫނުގައި ބިހި ނެގުން މަދުކޮށްދޭ، އަދި ހަމަށް ދިމާވާ އެކި މައްސަލަތައްވެސް ހައްލު ކުރުމުގައި އެހީވެދޭ މާއްދާތަކެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ހެނދުނު މި ބޭނުން ކުރާނަމަ މީހާގެ ހަންގަނޑު އޮމާންވެ ތާޒާވެއެވެ.

ކެރެޓު ޖޫސް ބުއިމުން މި ނޫނަސް ވަރަށް ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިބެއެވެ. އަދި މީގެ ފައިދާތައް އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ކޮންމެ ދުވަހަކު ހެނދުނު ކެރެޓު ޖޫސްތައްޓެއް ބޮވޭތޯ ކޮންމެ މީހަކުވެސް ބަލަން ޖެހެއެވެ.

މަސްދަރު: ޓައިމްސްއޮފްއިންޑިއާ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން