މަރްޔަމް ނަހްދާ ވަޙީދު   6 އޮކްޓޯބަރު 2024 - 5:49
ބަނޑުގެ ސަރުބީ ވިރުވައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވޭ: ގޫގުލް އިމޭޖެސް
ބަނޑުގެ ސަރުބީ ވިރުވައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވޭ: ގޫގުލް އިމޭޖެސް
މީހާ މާ ބޮޑަށް ފަލަވެ، ބަނޑުގައި ސަރުބީ ޖެހުމަކީ އެކަމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް ދިމާވާ ކަމެކެވެ. އެގޮތުން ބަލާއިރު މިކަމުގެ ސަބަަބުން ވަޒީފާގެ މައިދާނުގައްޔާއި ދިރިއުޅުމުގެ އެކި ކަންކަމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. އަދި މިކަމުގެ ސަބަބުން ތަފާތު އެކި ސިއްހީ މައްސަލަތައްވެސް ދިމާވެއެވެ. މިފަދަ މައްސަލަތަކާ ދުރުވުމަށްޓަކައި ބަނޑުގައި ހުންނަ ސަރުބީ ވިރުވަން ކޮންމެ މީހަކުވެސް ބޭނުންވެއެވެ.

އެހެންކަމުން ތިރީގައި މި ހިމަނާލަނީ ބަނޑުގައި ހުންނަ ސަރުބީ ވިރުވަން ބޭނުން ކުރަންވީ ބައެއް ބާވަތްތަކެވެ.

ރީނދޫ



ރީނދުލަކީ އޭގަައި ގިނަ އަދަދަކަށް ސާކިއުމިން އެކުލެވޭ އެއްޗަކަށްވީއިރު މި މާއްދާއަކީ ދުޅަވުން ކުޑަކޮށްދީ، ސަރުބީ ވިރުވުމުގައި އެހީވެދޭ މާއްދާއެކެވެ. އެހެންކަމުން ކޮންމެ ރެއަކު ނިދުމުގެ ކުރިން ތާފެނާ ފެނުގެ ތެރެއަށް ބައި ސަމުސާ ރީނދޫ އަޅައި އެއްކޮށްގެން ބޯނަމަ، ބަނޑުގައި ހުންނަ ސަރުބީ ފަސޭހަކަމާއެކު ވިރައެވެ.

އިނގުރު

އިނގުރަކީ ތާމޯޖެނިކް ޕްރޮޕަޓީތަކެއް ހިމެނޭ އެއްޗެއްކަމުން މި ބޭނުން ކުރުމުން ހަށިގަނޑު ވަރަށް ބޮޑަށް ހޫނު ކޮށްދެއެވެ. އަދި މިފަދައިން ހަށިގަނޑު ހޫނުވުމުން އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީ ވިރައެވެ. އެހެންކަމުން ގާނާފައި ހުންނަ އިނގުރު ހޫނު ފެނަށް އަޅައިގެން ހެނދުމުގެ ނާސްތާގެ ކުރިން ބޯނަމަ ހަށިގަނޑުގައި ހުންނަ ސަރުބީ ފަސޭހަކަމާއެކު ވިރެއެވެ.

ދިރި

ދިރިއަކީވެސް ބަނޑުގައި ހުންނަ ސަރުބީ ވިރުވުމަށް އެހީވެދޭ އެއްޗެކެވެ. މިއީ ހަށިގަނޑުގައި ހުންނަ ސަރުބީ ހަޖަމުކޮށް ހަށިގަނޑުން ބޭރުކުރުމުގައި އެހީވެދޭ އެއްޗެކެވެ. އެހެންކަމުން ފޯކޮށްފައި ހުންނަ ދިރި ފެނު ކައްކައިގެން ހުސްބަނޑާހުރެ ބުއިމުން އޭގެ ސަބަބުން ހަޖަމުގެ މައްސަލަތަކުން މީހާ ދުރުވެ، ކާއެއްޗެހި ރަނގަޅަށް ހަޖަމުވެ ބަނޑުގައި ހުންނަ ސަރުބީ ވިރެއެވެ.

ފޮނޮތޮށި

ފޮނިތޮއްޓަކީ ވެސް ސަރުބީ ވިރުވުމަށް އެހީވެދޭ އެއްޗެކެވެ. މިއީ ލޭގައި ހަކުރު ހުންނަވަރު އެއް ހަމައެއްގައި ހިފަހައްޓައިދީ ހަށިގަނޑުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމުގައި އެހީވެދޭ އެއްޗެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ހެނދުނު ބައި ސަމުސާ ފޮނިތޮށި ފެނަށް ގިރައިގެން ބުއިމުން ލޭގެ ހަކުރު ހުންނަ ވަރު ދައްވެ، ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުމަށް އެހީވެދެއެވެ.

މަސްދަރު: ޓައިމްސްއޮފްއިންޑިއާ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން