ފެނަކައިން ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫގައި ޤާއިމް ކުރަމުންދާ އައު އިންޖީނުގޭގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ފެނަކައިން ބުނީ އެރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމުގެ މަޤްސަދުގައި ކުރިއަށް ދާ މި މަޝްރޫޢުގެ މަސައްކަތުގެ 60 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި އައު އިންޖީނުގޭގައި މިހާރު ކުރިއަށް ދަނީ އިންޖީނުގެ ހިޔާ ކުރުމުގެ މަސައްކަތް ކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ.



އަމިއްލަ ފަރާތަކާއި ޙަވާލުކޮށްގެން ފެނަކައިން ކުރިއަށް ގެންދާ މި މަޝްރޫޢު ނިމުމުން، މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވި، އެރަށުގެ އާއްމު ރައްޔިތުންގެ އިތުރުން ވިޔަފާރިތަކަށްވެސް އޭގެ ނަފާ ލިބިގެންދާނެ ކަމަށް ފެނަކައިން ހާމަކުރެއެވެ.

ރަތަފަންދޫގައި އަލަށް ޢިމާރާތްކުރެވިގެންދާ މި އިންޖީނުގޭގެ މަޝްރޫޢު ފެށީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައެވެ. އޭރު އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިޔައެވެ. މިގޮތުން ރަތަފަންދޫގައި ފެނަކައިގެ އައު އޮފީސް އިމާރާތެއް ވެސް ހުޅުވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން