ހދ.ނޭކުރެންދޫގައި ފެނަކައިން އަޅަމުންދާ އައު އޮފީސް އިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ފެނަކައިން ބުނީ އިމާރާތުގެ 70 އިންސައްތަ ނިމިފައިވާއިރު މިހާތަނަށް ނުނިމި ހުރި ބައެއް މަސައްކަތްތަކަކީ، ދޮރުތައް ހަރުކުރުން، މުށިޖެހުން އަދި ކުލަލުން ފަދަ މަސައްކަތްތަކެވެ.

ޒަމާނީ ފެންވަރަށް ތަަރައްޤީކުރާ މި އިމަރާތް ޤާއިމްކުރަނީ، ޖާގަތަނަަސް އޮފީސް ޖާގައިގެ އިތުރުން، ޕޭންޓްރީއަކާއި، އަންހެނުންނަށާއި ފިރިހެނުންނަށް ޚާއްޞަކޮށްފައިވާ ވަކި ފާޚާނަތަކެއް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން އޮފީހަށް އެކަށީގެންވާ ސްޓާފް މީޓިން ރޫމެއްވެސް މި އިމާރާތުގައި ހިމެނެއެވެ.



ޓެކްނިކަލް މުވައްޒަފުންނަށާއި އެޑްމިނިސްޓްރޭޓިވް މުވައްޒަފުންނަށް އެކޮމޮޑޭޓް ކުރެވޭނެ ޖާގަ ހިމެނޭ މި އޮފީސް އިމާރާތާއެކު ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި މިހާރަށްވުރެ ލުއިފަަސޭހަ ވެގެންދާނެއެވެ. އަމިއްލަ ފަރާތަކާ ކޮންޓްރެކްޓް ކުރެވިގެން ކުރިއަށްދާ މި މަސައްކަތް، މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަކީ އަމާޒެއް ކަމަށް ފެނަކައިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން