މަރްޔަމް ނަހްދާ ވަޙީދު   7 އޮކްޓޯބަރު 2024 - 6:20
އަބަދު ބަލިވާނަމަ ކާންވީ ހުތް މޭވާގެ ބާވަތްތައް: ގޫގުލް އިމޭޖެސް
އަބަދު ބަލިވާނަމަ ކާންވީ ހުތް މޭވާގެ ބާވަތްތައް: ގޫގުލް އިމޭޖެސް
އަވަސް އަވަހަށް އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހުމަކީ ދިފާއީ ނިޒާމު ބަލިކަށިކަމުގެ އަލާމާތެކެވެ. މީހާގެ ދިފާއީ ނިޒާމު ބަލިކަށިވުމުން ހަށިގަނޑުން އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރާވަރު ދަށްވެ، އޭގެ ސަބަބުން މީހާ ފަސޭހަކަމާއެކު ބަލިތަކުގެ ޝިކާރައަކަށް ވެދެއެވެ. އެހެންކަމުން ބަލިތަކުން ދުރުވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ދިފާއީ ނިޒާމު ވަރުގަދަ ވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ކާންވީ ބައެއް ބާވަތްތަކެވެ.

ޔޯގަޓު

ޔޯގަޓަކީ އޭގައި ގިނަ އަދަދަކަށް ޕްރީބައޮޓިކުސް ހިމެނޭ އެއްޗެއްކަމުން މި ކެއުމުން ގޮހޮރުގައި ފައިދާހުރި ޖަރާސީމު އުފެދުމަށް އެހީތެރިވެއެވެ. ގޮހޮރުގައި ހުންނަ ރަނގަޅު ޖަރާސީމު (ގަޓު މައިކްރޯބިއާ) އަކީ ދިފާއީ ނިޒާމުގެ މަސައްކަތައް އެންމެ ފުރިގަމަ ގޮތުގައި ކުރުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ.

ހުތް މޭވާގެ ބާވަތްތައް

ހުތް މޭވާގެ ބާވަތްތަކަކީވެސް ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީވެދޭ އެއްޗެހިއެވެ. އޮރެންޖު، ލުނބޯ އަދި ގްރޭޕްފުރުޓު ފަދަ މޭވާގެ ބާވަތްތަކަކީ އޭގައި ހިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވާ އެއްޗެކެވެ. ވިޓަމިން ސީ އަކީ ބާރުގަދަ އެންޓި އޮކްސިޑެންޓެއް ކަމުން ހުތް މޭވާގެ ބާވަތްތައް ކެއުމުން ހަށިގަނޑުގައި އިމިއުން ސެލްތައް އުފެދޭ ވަރު އިތުރުވެ އޭގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަ ވެއެވެ.

ފަތްޕިލާވެލި

ފަތްޕިލާވެލީގެ ބާވްތަތަކަކީވެސް ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ ބާވަތްތަކެވެ. ސްޕިނެޗު ފަދަ ފެހި ފަތްތަކަކީ އޭގައި ތަފާތު އެކިހަހަލަ ވިޓަމިނާއި މިނަރަލް އެކުލެވޭ އެއްޗަކަށްވީއިރު، އޭގެ ތެރޭގައި ވިޓަމިން ސީ، ވިޓަމިން އޭ އަދި އަޔަން ހިމެނެއެވެ. މި ހުރިހާ މާއްދާތަކަކީވެސް ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގައި އެހީވެދޭ މާއްދާތަކެއް ކަމުން ފަތްޕިލާވެލީގެ ބާވަތްތައް ކެއުމުން ދިފާއީ ނިޒާމު ވަރުގަދަވެ ބަލިތަކުން މީހާ ދުރުކޮށްދެއެވެ.

ބެލްޕެޕާ

ބެލް ޕެޕާ އަކީވެސް އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ އެއްޗެކެވެ. ވިޓަމިން ސީ އަކީ ބާރު ގަދަ އެންޓި އޮކްސިޑެންޓެއްކަމުން މީހާގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރެއެވެ. އެހެންކަމުން ބެލް ޕެޕާ ކާނަމަ ދިފާއީ ނިޒާމު ވަރުގަދަވެ، މީހާ ބަލިތަކުން ދުރުކޮށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން