ބޮލީވުޑްގެ ތަރިން ސަލްމާން ޚާން އާއި ވަރުން ދަވަން: ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރިން ސަލްމާން ޚާން އާއި ވަރުން ދަވަން: ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ފިލްމީ ތަރި ވަރުން ދަވަންގެ ކުރިއަށް އޮތް ފިލްމު "ބޭބީ ޖޯން" ގައި ސަލްމާނު ޚާންގެ ހާއްސަ ފެނިލުމެއް ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ވަރުންގެ ކުރިއަށް އޮތް ފިލްމު "ބޭބީ ޖޯން" ގައި ސަލްމާނުގެ ހާއްސަ ފެނިލުމެއް ހިމެނޭ ކަމަށާއި އެ މަންޒަރުތައް މި ހަފްތާ ބަންދުގައި ޝޫޓު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ އެކްޝަން ސީކުއެންސްތައް ހިމެނޭ މަންޒަރުތަކެއް ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިމާންދާރު ފުލުސް އޮފިސަރަކަށް ދިމާވާ ކަމެއްގެ ސަބަބުން އޭނާ އެ ވަޒީފާ ދޫކޮށްދާ ދިއުމުގެ މައްޗަށެވެ. އެ ފުލުސް އޮފިސަރުގެ ރޯލުން ފެންނާނީ ވަރުންއެވެ. އަދި މި ފިލްމުގައި ސަލްމާނުގެ ކެރެކްޓަރު ފެނިގެންދާނީ ވަރުންއަށް ކަންތައްތައް ދަސްކޮށްދީ އޭނާ އެނބުރި ފުލުހުންގެ ޓީމަށް ގުޅުވައިދޭ ފަރާތުގެ ގޮތުގައި ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ފިލްމަކީ މަޝްހޫރު ތަމަޅަ ފިލްމު "ތޭރީ" ގެ ރީމޭކްއެކެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ވަރުންގެ އިތުރުން ކީރްތީ ސުރޭޝްއާއި ވަމިކާ ގައްބީ އަދި ޖެކީ ޝްރޮފް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރު ޑިސެމްބަރު 25 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން