ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ޚިދުމަތް ދިނުމަށް ކޮންމެ ރަށެއްގައި ތަނެއް ހުންނަން ޖެހޭނެ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ އާ ގަަވައިދެއް ނެރެ އަމަލުކުރަން ފެށީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އެ ގަވައިދުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ ބޭންކުތައް ފިޔަވައި އެއްވެސް ފަރާތަކުން ދެން ރާއްޖޭގައި ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި އެމްއެމްއޭއިން ދޫކުރާ ޓިއަރ 1 މަނީ ޗޭންޖިންގ ވިޔަފާރިކުރުމުގެ ލައިސަންސް ލިބިގެންނެވެެ.

ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާންވާނީ ދިވެހި ރައްޔިތުންނަށް ކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.

އެމްއެމްއޭއިން މިހާރު މަނީ އެކްސްޗޭންޖްގެ ލައިސަންސްއަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ.

އެމްއެމްއޭއިން ބުނީ އާންމުންނަށް ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ޚިދުމަތް ދިނުމަށް ޚާއްޞަކުރެވިފައިވާ ތަނެއް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކޮށްފައި ހުންނަންވާނެ ކަމަށެވެ.

"އެތަން ވާންވާނީ އޮތޯރިޓީން އެކަމަށް ހުއްދަ ދީފައިވާ ތަނަކަށެވެ. ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ނުވަތަ އޮތޯރިޓީން ހުއްދަދީފައިވާ ތަން ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައ،ި އެކަމުގެ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ." އެމްއެމްއޭއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން