މެންޗެސްޓަރ އެއަރޕޯޓުގައި އޮޅިގެން ނުބައި ފްލައިޓަކަށް އެެރި މީހަކު ހައްޔަރުކޮށްފިއެވެެ.

އީޒީ ޖެޓުން ބުނީ މެންޗެސްޓަރ އެއަރޕޯޓުގައި ފްލައިޓެއް ލަސްވެފައިވަނީ މީހަކު "ރަނގަޅުނޫން" ގޮތަކަށް މަތިންދާބޯޓަށް އަރާފައިވާތީ ކަމަށެވެ. އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ޒުވާނެކެެވެ. އޭނާ ހައްޔަރުކުރީ ހުއްދަ ނެތި މަތިންދާބޯޓެއްގައި ދަތުރުކުރުމުގެ މަޤްޞަދުގައި ފޮރުވިގެން ހުރުމާއި، ގަސްތުގައި ނުވަތަ ފަރުވާކުޑަކަމުން އާންމުންނަށް އުނދަގޫވާ ގޮތަށް ޢަމަލުކުރި ކަމުގެ ތުހުމަތުގައެެެވެ. އެ ފަސިންޖަރު އީޒީ ޖެޓް ފްލައިޓަކުން ދަތުރުކުރަން ހަމަޖެހިފައިވަނިކޮށް، ހުކުރު ދުވަހުގެ ރޭ މިލާނަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓަށް އޮޅުމަކުން އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެެވެ

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މިކަމާ ގުޅިގެން، އާންމު އުސޫލުގެ ދަށުން އިތުރު ސެކިއުރިޓީ ޗެކްތަކެއް ކުރުމަށްޓަކައި ހުރިހާ ފަސިންޖަރުން ވެސް މަތިންދާބޯޓުން ފައިބަން ޖެހުނެވެ.

ގްރޭޓަރ މެންޗެސްޓަރ ފުލުހުން (ޖީއެމްޕީ) ބުނީ މީހަކު ރަނގަޅު ލިޔެކިޔުންތައް ނެތި ފްލައިޓަކަށް އަރާފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މަތިންދާބޯޓުގައި ޝައްކުކުރެވޭ އެއްވެސް އެއްޗެއް ނުފެންނަ ކަމަށާއި އަދި އެއީ ޓެރަރިޒަމާ ގުޅުން ހުރި ކަމެއްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އީޒީ ޖެޓްގެ ތަރުޖަމާނަކު މީޑިޔާ އަށް މައުލޫމާތު ދެމުން ބުނީ މަތިންދާބޯޓަށް އަރަންޖެހޭ ގޮތާ ޚިލާފަށް މީހަކު އެރުމާ ގުޅިގެން، އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިތުރު ސަލާމަތީ ޗެކްތަކެއް ކުރެވުނު ކަމަށެވެ.

ތަރުޖަމާނު ބުނީ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ މަތީ އިސްކަން ދޭ ކަންތައް ކަމަށާއި އެހެންކަމުން، މެންޗެސްޓަރ އެއަރޕޯޓުން އޭނާއަށް މަތިންދާބޯޓަށް އެރެވުނު ގޮތް ދެނެގަތުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މިމައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އީޒީ ޖެޓް އިން މިކަމާ ބެހޭ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން