ހިޒްބުاللهގެ ރޮކެޓްތައް ނިރުބަވެރި އިސްރާއީލުގެ އުތުރުގެ ބަނދަރު ސިޓީ، ހައިފާއަށް އަމާޒުވެއްޖެއެވެ. މި ހަމަލާގައި ދިހަ މީހަކު ޒަހަމްވި ކަމަށް އިސްރާއީލުގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ ހިޒްބުالله އިން އިސްރާއީލު މި ސިޓީ އަށް ދެވުނު ފުރަތަމަ ހަމަލާއެވެ. މި ހަމަލާގައި އިސްރާއީލަށް ގެއްލުންވީ ކިހާ މިންވަރަކަށްތޯ އަދި ސާފު ނުވާއިރު މި ހަމަލާގައި މީހަކު މަރުވިކަންވެސް އަދި ޔަގީން ނުވެއެވެ.

އާންމުކޮށް އިސްރާއީލަށް ލިބޭ މިފަދަ ކުއްލި ހަމަލާތަކުގެ ތަފްސީލުތައް އެގައުމުން ހާމަނުކުރާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ގޫގުލް އާތް ފަދަ ވަސީލަތްތައް ބޭނުންކޮށް ނޫސްތަކުން އިސްރާއީލަށް ލިބިފައި ހުންނަ ގެއްލުންތައް އެހެން ފަރާތްތަކުން އާންމު ކުރާކަން ފާހަގަ ކުރެވެއެވެ.

ހިޒްބުالله އިން އިސްރާއީލަށް ހަމަލާތައް ދެމުންދާއިރު އިސްރާއީލް ސިފައިން އަންނަނީ ލުބުނާނަށާއި އެހެން ގައުމުތަކަށް ދެމުންދާ ހަމަލާތައް އިތުރުކުރަމުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން އިއްޔެ އެކަނިވެސް އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި އެގައުމުގެ ދިހަވަރަކަށް މީހުން މަރުވެ ގިނަ ބަޔަކު ޒަޚަމްވެފައިވެއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައްވެސް ހުއްޓާނުލާ ކުރިޔަށް ގެންދާއިރު އެންމެ ފަހަކަށް އިސްރާއީލުން ޣައްޒާގައި ހިންގި އޮޕަރޭޝަންގައިވެސް 17 މީހުން މަރުވިކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި ނުވަ ކުޑަކުދިން ހިމެނެ އެވެ.

ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 41،870 މީހުން މަރުވެ 97،166 މީހުން ޒަޚަމްވެފައިވާއިރު، އިސްރާއީލުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން