މަރްޔަމް ނަހްދާ ވަޙީދު   8 އޮކްޓޯބަރު 2024 - 5:54
ކޮންމެ ދުވަހަކު ޗުއިންގަމް ކެއުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެއް- ގޫގުލް އިމޭޖެސް
ކޮންމެ ދުވަހަކު ޗުއިންގަމް ކެއުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެއް- ގޫގުލް އިމޭޖެސް
އަބަދު ޗުއިންގަމް ކައިއުޅޭ މީހަކު ދަންނަންތަ؟ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މިފަދަ މީހާކާ ދިމާވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ ތިބާއަކީ މިފަދަ މީހަކަށް ވުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. މިއީ ވަރަށް ގިނަ މީހުން ކުރާ ކަމަކަށްވީއިރު، މިކަމުގެ ސަބަބުން ހަށިގަނޑަށް ވަރަށް ގިނަ ފައިދާތައް ލިބެއެވެ.

އެގޮތުން ބަލާއިރު ޗުއިންގަމަކީ ބަރުދަން ލުއި ކުރުމުގައި އެހީވެދޭ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޗުއިންގަމް ކެއުމުގެ ސަބަބުން މީހާ ދުވާލު ބަނޑުހައިވާ ވަރު މަދުވެ، އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކެއުމުން ދުރުކޮށްދެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑަށް އެތެރެވާ ކެލޮރީތައް މަދުވެ، ބަރުދަން ލުއިވުމަށް އެހީވެދެއެވެ. މީގެ އިތުރުން ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ހިނގާފައި ދަމުން ޗުއިންގަމް ކާނަމަ ހަށިގަނޑުގައި ހުންނަ ކެލޮރީތައް ވިރޭ ވަރުވެސް އިތުރުވެއެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް މިއީ ވަރަށް ފައިދާހުރި އެއްޗެކެވެ.

އަދި ގަވާއިދުން ޗުއިންގަމް ކެއުމަކީ ހިރުގަނޑުގައި ކެވިޓީ އުފެދުންވެސް ހުއްޓުވައިދޭ ކަމެއްވެސްމެއެވެ. ކޮންމެ ކާގަޑިއަކަށްފަހު ޗުއިންގަމް ކެއުމުން އަނގައިގެ ތެރޭގައި ކުޅު ދައުރުވާ ވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުން ހުރި ހަކުރު ފަދަ މާއްދާތައް ދަތްތަކާއި ހިރުގަނޑުން ފިލައިގޮސް، އޭގެ ސަބަބުން ހިރުގަނޑުގެ ސިއްހަތު ރަނގަޅުވެއެވެ. އަދި އޭގެ ސަބަބުން ޖަރާސީމު އުފެދުން މަދުވެ، ކެވިޓީ އުފެދުންވެސް ހުއްޓުވައިދެއެވެ. އަދި ހަަމ އެހެންމެ ގަވާއިދުން ޗުވިންގަމް ކާނަމަ އަނގައިގައި ހުންނަ ނުބައި ވަސް ފިލައި، ވަރަށް ތާޒާކަން މަތީ އަނގައިގެ ވަސް ބަހައްޓައިދޭނެއެވެ.

މީގެ އިތުރުން މިއީ މީހާގެ ހަނދާންވެސް ގަދަކޮށްދޭ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެކިކަހަލަ މަސައްކަތްތައް ކުރާއިރު ޗުވިންގަމް ހަފާނަމަ އޭގެ ސަބަބުން ސިކުނޑީގެ ބައެއް މަސައްކަތްތައް އިތުރަށް ފުރިހަމަވެ، މީހާ ރަނގަޅަށް ސަމާލުވެ، ކަންކަން ވިސްނައި ނިންމުންތައް ނިންމަން ފަސޭހަވެއެވެ. އަދި މީހާގެ ހަނދާންވެސް ގަދަވެ، ކަންކަން ހަނދާން ހުންނަ ވަރު އިތުރުވެއެވެ. މީގެ އިތުރުން ގަވާއިދުން ޗުވިންގަމް ކާނަމަ ބޭކާރު ޚިޔާލުތަކާ ދުރުވެ، ސްޓްރެސްވާ ވަރު މަދުވެ ނަފްސާނީ ބަލިތަކުންވެސް މީހާ ދުރުކޮށްދެއެވެ.

އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންނަމަ، ނުވަތަ މާބޮޑަށް ކަމަކާމެދު ފިކުރު ބޮޑުވާނަމަ ޗުވިންގަމް ކެއުމުން ފިކުރުތަކާ ދުރުވެ، ބަރުދަންވެސް ލުއިވެއެވެ. ވީމާ ސުޕާރީ ފަދަ އެެއްޗެހި ކެއުމުގެ ބަދަލުގައި ޗުވިންގަމް ކެވޭތޯ ކޮންމެ މީހަކުވެސް ބަލަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން