ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީގެ މަންމަ ބޭގަމް ނައުރީން ސާމީ ޚާން މަރުވެެއްޖެއެވެ.
ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައު ބުނެފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީގެ މަންމަ އިއްޔެގެ ވަގުތެއްގައި މަރުވެފައިވާ ކަމަށާއި، އޭނާ މަރުވެފައިވަނީ އުމުރުން 77 އަހަރުގައި ކަމަށެވެ. އަދްނާނު މިހަބަރު އޭނާގެ އެކްސް އެކައުންޓުގައި ހިއްސާ ކުރުމާއެކު އޭނާގެ ފޭނުންނާއި އެކުވެރިން ވަނީ ތައުޒިޔާ ކިޔާފައެވެ.
އަދުނާނު އާއި އޭނާގެ މަންމަގެ ގުޅުމަކީ ވަރަށް ހާއްސަ ގުޅުމެއްކަން އޭނާގެ މީސް މީޑިއާ ޕްލެޓްފޯމުތަކަށް ބަލާލުމުން އެނގެއެވެ. އެގޮތުން މިއަހަރު މަންމައިންގެ ދުވަހުވެސް އޭނާ ވަނީ އޭނާގެ މަންމައާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް، މަންމަގެ އަގު ވަޒަން ކުރުމަށް މެސެޖެއް ހިއްސާ ކޮށްފައެވެ. އެ މެސެޖުންވެސް، އަދުނާނު އަކީ އޭނާގެ މަންމައަށް ގަދަރު ކުރާ މީހެއްކަން ވަރަށް ރަނގަަޅަށް ހާމަވެއެވެ.
އަދުނާންގެ ބައްޕަ އަކީ ޕާކިސްތާނުގެ އެއާފޯސްގައި ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކަށް ވުމުންނާއި، އެއަށްފަހު 14 ގައުމެއްގައި އެމްބެސެޑާ ކަން ކޮށްފައިވުމުން އަދުނާނު ބޮޑުވަމުން އައިއިރު ގިނަ ވަގުތު ހޭދަ ކޮށްފައިވަނީ މަންމައާއެކު އެވެ. އެހެންކަމުން އަދުނާނުގެ މަންމައަކީ އޭނާގެ މުޅި އުމުރުދުވަހު އޭނާއަށް ހިތްވަރުދިން މީހާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު