ބޯވެލިފަތާއި ދޮންކެޔޮ ސްމޫތީ- ގޫގުލް އިމޭޖެސް
ބޯވެލިފަތާއި ދޮންކެޔޮ ސްމޫތީ- ގޫގުލް އިމޭޖެސް
އިސްތަށިގަނޑު ދިގުވެ ވަރުގަދަ ކޮށް އޮތުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. މިކަން ކުރުމަށްޓަކައި ތަފާތު އެކިކަހަލަ ތެލާއި އެކިކަހަލަ ހެއާ މާސްކުތައް އުނގުޅާ ހެދުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ކުރާ ކަންކަމެވެ. މިފަހަރު މި ހިމަނާލަނީ އިސްތަށިގަނޑު ދިގު ކުރަން ބޯންވީ ބައެއް ކަހަލަ ސްމޫތީތަކެވެ.

ބޯވެލިފަތާއި ދޮންކެޔޮ ސްމޫތީ

ބޯވެލިފަތާއި ދޮންކެޔޮ ސްމޫތީ އަކީ އިސްތަށިގަނޑު ދިގުކޮށް ވަރުގަދަ ކުރުމުގައި އެހީވެދޭ އެއްޗަކަށްވީއިރު، މިއީ ވަރަށް ފަސޭހަކަމާއެކު ތައްޔާރު ކޮށްލެވޭ އެއްޗެއް ވެސްމެއެވެ. މި ސްމޫތީ ތައްޔާރު ކުރުމަށްޓަކައި ބޭނުންވާނީ ބޯވެލިފަތާއި، ދޮންކޭލާއި، އަލްމަންޑު އަދި މީގެ އިތުރުން އަލްމަންޑު ކިރެވެ. މި ހުރިހާ އެއްޗެއް މިކުސަރަށް އެޅުމަށްފަހު ގިރާލުމުން ހުންނާނީ މި ސްމޫތީ ތައްޔާރުވެފައެވެ. މިއީ ސިއްހަތަށް ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވޭ ބުއިމަކަށް ވީއިރު އޭގެ ތެރޭގައި ދަގަނޑު، ޕްރޮޓީން އަދި ވިޓަމިން އީ ވެސް ހިމެނެއެވެ. އަދި މި މާއްދާތަކަކީ އިސްތަށިގަނޑު ދިގު ކޮށް، ވަރުގަދަ ކުރުމުގައި އެހީވެދޭ މާއްދާތަކެކެވެ.

ކާއްޓާއި ބެރީ ސްމޫތީ

ކާއްޓާއި ބެރީ ސްމޫތީ އަކީވެސް ފައިދާހުރި އެތައް މާއްދާތަކެއް ހިމެނޭ އެއްޗަކަށް ވީއިރު މިއީވެސް އިސްތަށިގަނޑު ދިގުކޮށް ވަރުގަދަ ކުރުމުގައި އެހީވެދޭ އެއްޗެކެވެ. މި ތައްޔާރު ކުރުމަށްޓަކައި ބޭނުންވާނީ ކާށި ފެނާއި، އެކިވައްތަރުގެ ބެރީއާއި ކިއްތާނި (ފްލެކްސް) އޮށެވެ. މިތަކެތި މިކުސަރަކަށް އަޅައި ގިރާލުމަށްފަހު، ހެނދުނުގެ ނާސްތާއަށް ފަހު ބުއިމުން ހަށިގަނޑު ރަނގަޅަށް ހައިޑްރޭޓުވެ، ހަށިގަނޑަށް ބޭނުންވާ އޮމެގާ 3 ފެޓީ އެސިޑުތައް ލިބޭނެއެވެ. އަދި އޭގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަވެ ދިގުވާނެއެވެ.

ކެރެޓާއި އިނގުރު ސްމޫތީ

ކެރެޓާއި އިނގުރު ސްމޫތީއަކީވެސް އިސްތަށިގަނޑު ވަރުގަދަ ކުރުމުގައި އެހީވެދޭ އެއްޗެކެވެ. މި ތައްޔާރު ކުރުމަށް ބޭނުންވާނީ ކެރެޓާއި، އިނގުރާއި، އޮރެންޖާއި، މާމުޔެވެ. މި ސްމޫތީ ތައްޔާރު ކުރުމަށްޓަކައި ހުރިހާ އެއްޗެއް މިކުސަރަކަށް އެޅުމަށްފަހު ރަނގަޅަށް ހިމުން ވަންދެން ގިރާލާނީއެވެ. އަދި މެންދުރު ކެއުމުގެ ކުރިން މި ސްމޫތީ ބުއިމުން ހަށިގަނޑު ދުޅަވުން ކުޑަކޮށްދީ، ބޭނުންވާ ވިޓަމިން އޭ ފޯރު ކޮށްދޭނެއެވެ. އަދި އޭގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަވެ ރީތިވާނެއެވެ.

މަސްދަރު: ޓައިމްސް އޮފް އިންޑިއާ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން