ވަޒީފާގައި އުޅޭ މުއައްޒަފުންގެ އަގު ވަޒަން ކުރުމަކީ ވަރަށް މުހިންމު ކަމެއް- ގޫގުލް އިމޭޖެސަ
ވަޒީފާގައި އުޅޭ މުއައްޒަފުންގެ އަގު ވަޒަން ކުރުމަކީ ވަރަށް މުހިންމު ކަމެއް- ގޫގުލް އިމޭޖެސަ
ވަޒީފާގައި އުޅޭ މުއައްޒަފުން ކޮންމެ ދުވަހަކު މަސައްކަތުގެ މައިދާނުގައި ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރާނަމަ އޭގެ ސަބަބުން އެމީހުން އެކުރާ މަސައްކަތްތައް މަތިން ފޫހިވެ، ވަޒީފާއަށް ފަރުވާ ކުޑަ ކުރަން ފަށައެވެ. މިކަމުން ދުރުވުމަށްޓަކައި ވަޒީފާގައި އުޅޭ މުއައްޒަފުންގެ އަގު ވަޒަންކޮށް ތަފާތު ހަރަކާތްތައް ރާވައި އެމީހުންނަށް ހައްގުވާ އިނާޔަތްތައް ދިނުމަކީ ވަރަަށް މުހިންމު ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ ވަޒީފާގެ މައިދާނުގައި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގައި ބަލަންޖެހޭ ބައެއް ކަންކަމެވެ.

ސްޓެރެޓެޖީއެއް އެކުލަވާލުން



މުއައްޒަފުންކުރެ ސުވާލުކޮށް، އެމީހުންގެ ހިޔާލު ހޯދުމަށްފަހު އެމީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ސްޓްރެޓެޖީއެއް އެކުލަވާލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހެން ހެދުމުން މުއައްޒަފުންހެ ބޭނުންތައް ރަނގަޅަށް ދެނެގަނެވި، އެމީހުންގެ މަސައްކަތް ހުންނަ ގޮތަށް ބަލައި އެމީހުންގެ އަގު ވަޒަން ކުރަން ފަސޭހަވެއެވެ. އެގޮތުން އެމީހުންގެ އަގުވަޒަންކުރުމުގައި ބަލާނެ ކަންކަމާއި، ރަނގަޅަށް މަސައްކަތްކުރާނަމަ ލިބޭނެ އިނާމުތައް ހާމަކޮށް ސްޓްރެޓެޖީއެއް ކަނޑައަޅައި މުއައްޒަފުންނަށް އެކަން އެންގުމުން، އެމީހުން އިތުރަށް ވަޒީފާއަށް ފަތުވާތެރިވެ، މަސައްކަތްތައް ފުރިހަމަ ކަމާއެކު ނިންމުމަށް ސަމާލުކަން ދޭނެއެވެ.

އެކި މީހުންގެ ބޭނުންތައް ތަފާތު ވާނެކަން ދެނެގަތުން

ވަޒީފާގެ މާހައުލުގައި ތަފާތު އެކި އުމުރުފުރައިގެ މީހުން އުޅޭއިރު އެއިން ކޮންމެ އުމުރުފުރައެއްގެ މީހުންގެވެސް ބޭނުންތައް ތަފާތުވާނެއެވެ. އަދި އެއިން ކޮންމެ އުމުރިފުރައެއްގެ މީހުންވެސް މަސައްކަތަށް ސަމާލުކަން ދޭވަރު އިތުރުވާނީ އެމީހުން ބޭނުންވާފަދަ ކަމެއް އެމީހުންނަށް ހާސިލު ކުރެވޭނަމައެވެ. އެހެންކަމުން ސްޓްރެޓެޖީ ކަނޑައަޅާއިރު އެކަމަށް ވިސްނައި، އެންމެންވެސް ގަޔާވާފަދަ ގޮތަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮންމެ މުއައްޒަފަކީވެސް ބޭނުންތެރި މީހެއްކަމުގައި ގަބޫލު ކުރުން



ވަޒީފާގައި އުޅޭ އެންމެ މަތީ ފަންތީގެ މުވައްޒަފުން ފެށިގެންގޮސް އެންމެ ދަށު ފަންތީގައި މަސައްކަތްކުރާ މުވައްޒަފަކީވެސް އެ ކުންފުންޏަކަށް މުހިންމު ބޭނުންތެރި މީހެއްކަން ގަބޫލުކޮށް އެންމެންގެވެސް އަގުވަޒަންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަން މިހެން ނުކުރާނަމަ ބައެއް މީހުން ވަޒީފާ މަތިން ފޫހިވެ، މަސައްކަތައް ފަރުވާ ކުޑަ ކުރަން ފަށައެވެ. އަދި އޭގެ ސަބަބުން މުޅި ކުންފުންޏަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން