ނިރުބަވެރި އިސްރާއީލުގެ ކޮންމެ ތަނަކަށްވެސް ރޮކެޓް ހަމަލާ ދިނުމުގެ ގާބިލްކަން އެބަހުރި ކަމަށް ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުﷲ ޖަމާއަތުން ބުނެފިއެވެ.

ޙިޒްބުﷲ ޖަމާއަތުން މިހެން ބުނެފައި ވަނީ ނިރުބަވެރި އިސްރާއީލާއި ލުބުނާނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އެތައް ހަމަލާތަކެއް ދެމުން ދެމުންދާއިރު އިސްރާއީލުން އެކި ނަންނަމުގައި އޮޕަރޭޝަންތައް ހިންގުމުގެ ނަމުގައި ލުބްނާން ސުންނާފަތި ކުރަމުންނެވެ.

އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެމުންދާ އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ލުބުނާނުގެ 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންވެސް ހިމެނެއެވެ.

މެދުއިރުމަތީގައި އިސްރާއީލުން ދަނީ އެކި ގައުމުތަކަށް ހަމަލާތައް ދެމުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން އީރާނާއި ޣައްޒާއާއި ލުބުނާނަށް ވެސް އިސްރާއީލުގެ ހަމަލާތައް ދަނީ އަމާޒުވަމުންނެވެ.

އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޙިޒްބުﷲ އިންވެސް ދަނީ ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށް ދެމުންނެވެ. އެގޮތުން ޙިޒްބުالله އިން ވަނީ އިސްރާއީލު މައި ސިޓީއަށްވެސް މިސައިލް ހަމަލާތަކެއް ދީފައެވެ. އަދި އެ ޖަމާއަތުން ވަނީ އިސްރާއީލުގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހައިފާ އަށް ހުއްޓުމެއް ނެތި ރޮކެޓް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން