އަންނަ އަހަރުގެ ރަމަޟާން މަހަށާއި ހޫނުގަދަ ދުވަސްވަރަށް ތައްޔާރުވުމުގެ ގޮތުން، އިތުރު ޖެންސެޓްތަކެއް ހޯދުމަށް ފެނަކައިން ހުޅުވާލައިފިއެވެ.
މިއީ، ރަމަޟާން މަސް ދިމާވަނީ އަހަރުގެ އެންމެ ހޫނު ދުވަސްވަރާކަމުން، އެދުވަސްތަކުގައި ކަރަންޓަށް އޮންނަ ޑިމާންޑު ވަރަށް ބޮޑުތަނުން އިތުރުވެގެން ދާތީ، ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް، ދުރާލާ އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތެއްކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ.
އެގޮތުން ފެނަކަ އަށް ބޭނުންވާ 39 ޖެންސެޓް ވިއްކުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް، މި މަހުގެ 7 އިން 14 އާއި ހަމައަށް ބިޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ފެނަކައިން ހޯދުމަށް އިޢުލާންކޮށްފައިވަނީ، 250 ކިލޯވޮޓުގެ 7 ޖެން ސެޓް، 400 ކިލޯވޮޓުގެ 6 ޖެން ސެޓް، 600 ކިލޯވޮޓުގެ 8 ޖެން ސެޓް، 800 ކިލޯވޮޓުގެ 5 ޖެން ސެޓް، 1000 ކިލޯވޮޓުގެ 6 ޖެން ސެޓް، 1200 ކިލޯވޮޓުގެ 5 ޖެން ސެޓް، 1600 ކިލޯވޮޓުގެ 2 ޖެން ސެޓެވެ.
މި ޖެންސެޓްތައް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އޮކްޓޫބަރު މަހުގެ 14 ގެ ނިޔަލަށް ބިޑުގައި ރަޖިސްޓްރީވެވޭނެކަމަށް ފެނަކައިން ބުނެއެވެ. އަދި އަންދާސީ ހިސާބު، މި މަހުގެ 15 އާއި 16 ގައި ހުށައެޅޭނެކަަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު