ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން އެއްގަޑިއިރު ތެރޭ އިސްރާއީލަށް 90 އަށްވުރެ ގިނަ، ވަރުގަދަ ރޮކެޓް ހަމަލާ ދީފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހިޒްބުالله ޖަމާއަތުން ފޮނުވާލި މި ހަމަލާތައް އިސްރާއީލުގެ އެހި ހިސާބުތަކަށް އަމާޒުވެފައިވާއިރު މި ހަމަލާތަކާއި ގުޅިގެން އިސްރާއީލުގެ އުތުރުގެ ސަރަހައްދުގެ ގިނަ ހިސާބުތަކުގައި ވަނީ އަލިފާން ރޯވެފައެވެ.
ޒަޔަނިސްޓް އިސްރާއީލުގެ ފަޔާ އެންޑް ރެސްކިއު އޮތޯރިޓީއާ ހަވާލާދީ އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އުތުރުގެ ސަރަހައްދާއި ހިފާފައިވާ ގޯލާން ހައިޓްސް އަށް ރޮކެޓްގެ ހަމަލާތަކެއް އަމާޒުވުމުގެ ސަބަބުން ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.
ބޭރުގެ ނިއުސް ޗެނަލް، އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި އަލިފާން ނިއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކިރިޔަތު ޝްމޯނާގެ ވަށައިގެންވާ ސަރަހައްދުތަކާއި ސަފާދު ސަރަހައްދުގެ ބައެއް ސަރަހައްދުތަކުގައެވެ.
ނިރުބަވެރި އިސްރާއީލަށް އަމާޒުވާ މިފަދަ ހަމަލާތަކުގެ ތަފްސީލުތައް މީގެ ކުރިން އެގައުމުން އާންމު ނުކުރާކަން ފާހަގަ ކުރެވެއެވެ. މީގެ ކުރިންވެސް ހިޒްބުﷲއިން އިސްރާއިލަށް ފޮނުވާލި ރޮކެޓް ހަމަލާތަކުގައި އިސްރާއިލަށް ގެއްލުންތަކެއް ލިބިފައި ވެއެެވެ. މީގެ އިތުރުން ޣައްޒާ އާއި އީރާނާއި އިރާގާއި، ސީރިއާއިވެސް އިސްރާއީލަށް ހަމަލާތަކެއް ދީފައިވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު