ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
އެކަމާ ގުޅިގެން ރައީސް މުޢިއްޒު މިއަދު އެކްސްގައި ވިދާޅުވީ ސަލާމަތް ސިއްހަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަން ކަމަށެވެ. އަދި އުފެއްދުންތެރި މުރާލި ނަތީޖާ ނެރެދޭ މީހަކަށް ވުމުގައި އިންސާނީ ނަފްސާނީ ގާބިލުކަން ބޮޑު ދައުރެއް އަދާކުރާ ކަަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދެމާތޯއެވެ!" ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރު ރައީސް މުޢިއްޒު ރިޔާސީ ކެމްޕޭންގެ ތެރޭގައި ވަނީ ރާއްޖޭގައި ނަފްސާނީ ސިއްހަތަށް ޚާއްޞަކުރެވިގެން، ބައިނަލްއަގުވަމީ މިންގަނޑުތަކަށް ފެތޭ، ޒަމާނީ ފެންވަރުގެ ނަފްސާނީ ސިއްހަތުގެ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައެވެ.
އޭރުން އިންޑިއާއާއި އަދި އެހެން ގައުމުތަކަށް ގޮސްގެން ބޮޑެތި ޚަރަދުކޮށްގެން އެކަން ކުރާކަށް ނުޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހޮސްޕިޓަލު ހަދަން ނިންމާފައި ވަނީ ހައްދުންމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު