ޖާންވީ ކަޕޫރު- ގޫގުލް އިމޭޖެސް
ޖާންވީ ކަޕޫރު- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ޖާންވީ ކަޕޫރު ނިސްބަތްވަނީ ސައުތުގެ ސިނަމާއަށް ކަމަށް ފިލްމު "ދޭވަރާ" ގެ ޑައިރެކްޓަރު ކޮރަޓަލާ ސިވާ ބުނެފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ފިލްމު ދޭވަރާ އިން އިންޑިއާގެ ތެލުގޫ ސިނަމާއަށް ތައާރްފްވި ބޮލީވުޑްގެ ތަރި ޖާންވީ ނިސްބަތްވަނީ ދެކުނުގެ ސިނަމާއަށްކަމަށް މި ފިލްމުގެ ޑައިރެކްޓަރު ކޮރަޓަލާ ސިވާ ބުނެފައިވާ ކަމަށެވެ. އެގޮތުން އޭނާ މިހެން ބުނެފައިވަނީ ފިލްމު "ދޭވަރާ" ގައި ޖާންވީ ދެއްކި ހުނަރަށް ތައުރީފު ކުރަމުން ކަމަށް ރިޕޯޓިގައި ވެއެވެ.

މިއީ ޖާންވީގެ ފުރަތަމަ ތެލުގޫ ފިލްމު ކަމަށްވީއިރު، މި ފިލްމުގައި ޖާންވީ ވަނީ އޭނާގެ ހުނަރުތައް ވަރަށް ފުރިހަމައަށް ދައްކާފައެވެ. އަދި އޭނާއަށް ވަނީ އެތައް ބައެއްގެ ތައުރީފުވެސް ލިބިފައެވެ.

މި ފިލްމަށް ލިބުނު ތަރުހީބާއެކު ޖާންވީ އަށް ވަނީ ތަފާތު އެކި ފިލްމުތަކުގެ ރޯލުތައް ލިބިފައެވެ. އޭގެ ތެރޭގައި "ސަނީ ސަންސްކަރީ ކޯ ތުލްސީ ކުމާރީ" އާއި "އާރްސީ16" ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން