މަރްޔަމް ނަހްދާ ވަޙީދު   12 އޮކްޓޯބަރު 2024 - 5:20
ޒަވާޖީ ހަޔާތް ބާއްޖަވެރި ކުރެވޭނީ ދެފަރާތުންވެސް މަސައްކަތް ކޮށްގެން- ގޫގުލް އިމޭޖެސް
ޒަވާޖީ ހަޔާތް ބާއްޖަވެރި ކުރެވޭނީ ދެފަރާތުންވެސް މަސައްކަތް ކޮށްގެން- ގޫގުލް އިމޭޖެސް
އުފާވެރި ބާއްޖަވެރި ޒަވާޖީ ހަޔާތެއް ލިބި، ކައިވެނީގެ ގުޅުމަކީ ބާއްޖަވެރި އަދި އުފާވެރި ގުޅުމަކަށްވާން ކޮންމެ މީހަކުވެސް ބޭނުންވެއެެވެ. ކައިވެނި ބާއްޖަވެރިވެ ދިގުދެމިގެންދާނީ އެ އަގުދުގައި އުޅޭ ދެފަރާތުންވެސް އެކަމަށްޓަކައި މަސައްކަތް ކުރުމުންނެވެ. އުފާވެރި ހަޔާތެއް ބިނާވަނީ ދެމީހުންވެސް ތަފާތު އެކިކަހަލަ ގުރުބާނީތަކެއް ވުމުންނެވެ.

ތިރީގައި މި ހިމަނާލަނީ ބާއްޖަވެރި ކައިވެންޏެއްގެ ފަހަތުގައިވާ ބައެއް ސިއްރުތަކެވެ.

ރަނގަޅަށް މުއާމަލާތު ކުރުން



ކައިވެންޏެއް ކޮށް ޒަވާޖީ ހަޔާތެއް ފެށުމަށްފަހު، އެގުޅުމަކީ ބާއްޖަވެރި ގުޅުމަކަށް ހަދަން ބޭނުންވާނަމަ ދެމީހުން އެކަކު އަނެކަކާ ރަނގަޅަށް މުހާތަބުކޮށް، މުއާމަލާތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ގުޅުމަކީ ދިގުދެމިގެންދާ އަދި އުފާވެރި ގުޅުމަކަށް ހަދަން ބޭނުންވާނަމަ އެކަކު އަނެކެއްގެ ބޭނުންތަކާއި، އިހުސާސްތައް ހިއްސާ ކޮށް އެކަމާމެދު މަޝްވަރާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހެން ކަންތައް ކުރުމުން ދެމީހުންގެ ދެމެދުގައި ވާ ގުޅުން ވަތުގަދަވެ ޒަވާޖޯ ހަޔާތް ބާއްޖަވެރި ވާނެއެވެ.

ޖަޒުބާތީ އެހީތެރިކަން ދިނުން

ކައިވެންޏަށްފަހު ހަޔާތުގެ ބައިވެރިޔާއަށް ބޭނުންވާ ޖަޒުބާތީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ދިމާވާ ހިތާމަ ތަކުގައި އެކަކު އަނެކަކަށް އެހީވެ، އެކަކު އަނެކެއްގެ އެންމެ ގާތް މީހާގެ ގޮތުގައި ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހެން ކަންތައް ކުރުމުން ބައިވެރިޔާއަށް އޭނާގެ މުހިންމުކަން އިހުސާސްކުރެވި، އޭގެ ސަބަބުން ދެމީހުންގެ ގުޅުން އިތުރަށް ހަރުދަނާވެއެވެ. އަދި އޭގެ ސަބަބުން ކައިވެނީގެ ހަޔާތް ބާއްޖަވެރިވެއެވެ.

މައްސަލަތައް ހައްލު ކުރަން އެނގުން

ކައިވެނީގައި ދިމާވާ ކުދިކުދި މައްސަލަތައް ހައްލު ކުރަން އެނގުމަކީވެސް އެ ގުޅުން ބާއްޖަވެރިވުމުގެ ފަހަތުގައިވާ ސިއްރެކެވެ. އެގޮތުން މައްސަލައެއް ޖެހުމުން އެކަކު އަނެކަކާ ވާހަކަ ދައްކައި އެ މައްސަލައެއް ހައްލު ކުރުމުގެ އުކުޅުތައް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. މައްސަލަ ހައްލު ކުރާނެ ގޮތް އެނގޭނަމަ މަޑުމައިތިރި ކަމާއެކު ތިބެ އެ މައްސަލަތައް ހައްލު ކޮށް، އެކަކު އަނެކެއްގެ އިހުސާސްތައް ރަނގަޅަށް ދެނެގަނެވެއެވެ. އަދި އޭގެ ސަބަބުން ކައިވެނީގެ ހަޔާތް ބާއްޖަވެރިވެސް ވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން