ބޮލީވުޑްގެ ތަރި ދިޕިކާ ޕަދުކޯން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި ދިޕިކާ ޕަދުކޯން- ގޫގުލް އިމޭޖެސް
މަންމައަކަށް ވީ ފަހުން އެކިކަހަލަ ނިންމުންތައް ނިންމުމަށް އުނދަގޫވާކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ދިޕިކާ ޕަދުކޯން ބުނެފިއެވެ.

ދާދި ފަހުން ދިން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ދިޕިކާ މަންމައަކަށް ވުމަށްފަހު އޭނާއަށް ކުރިމަތިވަމުންދާ ދަތިތަކުގެ ވާހަކަތައް ކިޔައިދެމުން ދީޕިކާ ބުނެފައިވަނީ މަންމައަކަށް ވުމަށްފަހު އެކިކަހަލަ ނިންމުންތައް ނިންމަން އޭނާއަށް ބައެއް ފަހަރު އުނދަގޫވާކަމަށެވެ.

އޭނާ ބުނެފައިވަނީ މިކަން މިހެން ވަނީ އޭނާއަށް ބޭނުންވާ ވަރަށް ނިދި ނުލިބޭތީ ކަމަށާއި، އެކަމުގެ ސަބަބުން މާ ބޮޑަށް ސްޓްރެސް ވެ ބާންއައުޓު ވާތީ ކަމަށެވެ. އަދި މީގެ އިތުރުން އަމިއްލަ ނަފްސަށް އަޅާލެވޭ މިންވަރުވެސް ކުޑަވެ، އެކަމުގެ ސަަބަބުންވެސް ކަންކަން ނިންމަން އުނދަގޫވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ދީޕިކާ މަންމައަކަށް ވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ގައެވެ. އޭނާއާއި ރަންވީރު އަށް ލިބިފައިވަނީ އަންހެން ކުއްޖަކަށް ވީއިރު، އެކުއްޖާގެ ނަން އަދި މީޑިއާތަކާ ހިއްސާ ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން