ފުރަތަމަ ކައިވެނި ރޫޅުނީ ރަލުގެ އަވައިގައި ޖެހިން ކަމަށް ބޮލީވުޑްގެ ނަންމަޝްހޫރު ސްކްރީން ލިޔުންތެރިޔާ ޖާވިދު އަޚްތަރު ބުނެފިއެވެ.
ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖާވިދު އޭނާގެ ދެ ދަރިންގެ މަންމަ ހަނީ އިރާނީއާއެކު ކުރި ކައިވެނި ރޫޅެން މެދުވެރިވި ސަބަބު ކިތައިދެމުން، އެ ކައިވެނި ރޫޅެން މެދުވެރިވި މައިގަނޑު ސަބަބަކީ އޭނާ ރަލުގެ އަވައިގައި ޖެހުން ކަމަށް ބުނެފައިވެއެވެ. އަދި އެއީ އޭނާގެ ހަޔާތުގައި އެންމެ ދެރަވާ އެއްކަން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ރަލުގެ އަވައިގައި ޖެހި ހަޔާތުގެ ވަރަށް ގިނަ ދުވަސްތަކެއް ބޭކާރު ކުރެވުނު ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ރާ ބުއިން ހުއްޓާލުމަށް އެދި ޒުވާން ޖީލަށް ނަސޭހަތްވެސް ދީފައެވެ.
ޖާވިދު އެންމެ ފަހުން ފެނިފައިވަނީ ދާދި ފަހުން ނެރެފައިވާ ޑޮކިއުމެންޓަރީ "އެންގްރީ ޔަންގު މެން" އިންނެވެ. މިއީ އޭނާއާއި، އޭނާއާއެކު މަސައްކަތްކުރި ސްކްރީން ލިޔިންތެރިޔާ ސާލިމް ޚާން ގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޑޮކިއުމެންޓަރީ އެކެވެ.

ކިޔުންތެރިންގެ ހިޔާލު