އިންޑިޔާގެ މަދްޔަ ޕްރަދޭޝްގައި 9 އަހަރުގެ އަންހެން ކުއްޖަކު ވަޅަކަށް ވައްޓައި މަރާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ މިހާދިސާ ހިނގާފައިވަނީ އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ސަގަރު ޑިސްޓްރިކްޓްގެ ގަޑޯލީގަމުގައެވެ.

އިންޑިޔާގެ މަދްޔަ ޕްރަދޭޝް ފުލުހުން ބުނީ މި މައްސަލައިގައި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލައިގެ ތުހުމަތުކުރެވޭ ރަޖޭޝް ލޯދީ، އޭނާގެ ގެ ކައިރީގައި ހުރި ވަޅަކަށް އެ ކުއްޖާ ވައްޓައި މަރާލާފައިވާ ކަމަށެވެ. އަދި އެކުއްޖާ މަރާލާފައިވަނީ އެ ކުއްޖާ އޭނާއާ ދިމާލަށް މަލާމާތްކުރުމުން ރުޅިއައިސްގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ އޮފިސަރަކު ބުނެފައިވާ ގޮތުގައި މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާއާއި އެ ކުޑަކުއްޖާގެ އާއިލާއާ ދެމެދު ކުރިން ވެސް މައްސަލަތަކެއް ޖެހުނެެވެ. އަދި މި ހާދިސާ ހިނގުމުގެ ކުރިން، އެ ކުޑަކުއްޖާ ތުހުމަތުކުރެވޭމީހާ ދިމާއަށް "ކަޅު ކުއްތާ" ކިޔައި ގޮވާފައިވާ ކަމަށް ވެސް އޭނާ ބުނެފައިވާ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގުމަށްފަހު، ތުހުމަތުކުރެވޭ މީހާ ލޯދީ ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށެެވެ. މިހާރު އޭނާއާ ދެކޮޅަށް މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ ކަމަށް ފުލުހުން ބުނެއެެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ކުއްޖާގެ މަންމަ ކުއްޖާ ނުފެނިގެން ހޯދަމުން ދަނިކޮށް، ފެނުނީ ވަޅުގެ ތެރޭގައި މަރުވެފައި އޮއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން