މަރްޔަމް ނަހްދާ ވަޙީދު   13 އޮކްޓޯބަރު 2024 - 6:11
ފެހި ފަތުގެ ބާވަތްތައް ކެއުމުން ފޮލޭޓު އިތުރުވޭ- ގޫގުލް އިމޭޖެސް
ފެހި ފަތުގެ ބާވަތްތައް ކެއުމުން ފޮލޭޓު އިތުރުވޭ- ގޫގުލް އިމޭޖެސް
ފޮލޭޓް ނުވަތަ ވިޓަމިން ބީ 9 އަކީ އަޅުގަނޑުމެންގެ ހަށިގަނޑަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. މިއީ ޑީއެންއޭ އުފެއްދުމަށާއި، ސެލްތައް ޑިވައިޑު ވުމަށާއި، މީގެ އިތުރުން ރެޑް ބްލަޑް ސެލްތައް އުފެއްދުމުގައި ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ.

މިއީ ހަށިގަނޑުގެ އެކި މަސައްކަތްތަކުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ މާއްދާއަކަށްވީއިރު، މާބަނޑު ދުވަސްވަރު މި މާއްދާ ހަށިގަނޑަށް މުހިންމު ވަނީ މިއީ ދަރިފުޅުގެ ނިއުރަލް ޓިއުބު އުފައްދައިދޭ މާއްދާ ކަމުގައި ވާތީއެވެ.

މިފަހަރު މި ހިމަނާލަނީ މާބަނޑު ދުވަސްވަރު ފޮލޭޓް ލެވެލް އިތުރު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ފަތުގެ ބާވަތްތައް ކެއުން



މާބަނޑު ދުވަސްވަރު ހަށިގަނޑުގައު ފޮލޭޓް އިތުރު ކުރަން ބޭނުންވާނަމަ ފަތުގެ ބާވަތްތައް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ބަލާއިރު ސްޕިނެޗް، ކޭލް، ބްރޮކޮލީ އަދި ކެބެޖު ފަދަ ބާވަތްތަކަކީ އޭގައި ގިނަަ އަދަދަކަށް ފޮލޭޓު ހިމެނޭ ބާވަތްތަކެވެ. އެހެންކަމުން މި ބާވަތްތައް ކާނަމަ ހަށިގަނޑުގައި ފޮލޭޓު ހުންނަ ވަރު އިތުރުވެއެވެ.

މުގު ކެއުން

މުގަކީވެސް ހަށިގަނޑުގައި ފޮލޭޓު ހުންނަ ވަރު އިތުރު ކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. މުގަކީވެސް އޭގައި ގިނަ އަދަދަކަށް ފޮލޭޓު އެކުލެވޭ އެއްޗެއްކަމުން މާބަނޑު ދުވަސްވަރު މި ކެއުމުން ހަށިގަނޑަށް ބޭނުންވާ ވަރަށް ފޮލޭޓު ލިބި، އޭގެ ސަބަބުން މީހާ ދުޅަހެޔޮ ވެއެވެ. އަދި ބަނޑުގައި އޮތް ދަރިފުޅަށް ބޭނުންވާ ނިއުޓްރިއެންޓުތައް ވެސް ފޯރުކޮށްދެވެއެވެ.

ހުތް މޭވާ ކެއުން

މާބަނޑު ދުވަސްވަރު ހުތް މޭވާގެ ބާވަތްތައް ކެއުމުންވެސް ހަށިގަނޑުގައި ފޮލޭޓު ހުންނަ ވަރު އިތުރުވެއެވެ. އެގޮތުން ބަލާއިރު އޮރެންޖަކީ ހުތް މޭވާ ތަކުގެ ތެރެއިން ފޮލޭޓު އެންމެ ގިނައިން ހުންނަ މޭވާއެވެެ. އެހެންކަމުން މާބަނޑު ދުވަސްވަރު ގިނަގިނައިން އޮރެންޖު ކެއުމުން ހަށިގަނޑުގައި ފޮލޭޓު ހުންނަ ވަރު އިތުރުވެއެވެ. ފޮލޭޓު ހިމެނޭ އެހެން ބައެއް މޭވާގެ ތެރޭގައި ގްރޭޕްފްރުޓު، ފަޅޯ، ގްރޭޕްސް އަދި ދޮންކެޔޮ ފަދަ މޭވާގެ ބާވަތްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން