މަރްޔަމް ނަހްދާ ވަޙީދު   13 އޮކްޓޯބަރު 2024 - 6:16
ހުޅުތަކުގެ މައްސަލަތައް ހުންނަ ނަމަ ކުރަންވީ ބައެއް ކަންތައް- ގޫގުލް އިމޭޖެސް
ހުޅުތަކުގެ މައްސަލަތައް ހުންނަ ނަމަ ކުރަންވީ ބައެއް ކަންތައް- ގޫގުލް އިމޭޖެސް
ހުޅުތަކަށް ތަދުވެ، އެކަމުގެ ސަބަބުން ދުވަހުގެ މަސައްކަތްތައް ކުރަން އުނދަގޫވެގެން އުޅޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. އަބަދުވެސް ކޮންމެވެސް ހުޅެއްގައި ރިއްސީތީ ހިނގާ ބިނގާ އުޅެން އުނދަގޫވާކަމަށް ބުނެ މިފަދަ މީހުން ޝަކުވާވެސް ކުރެއެވެ.

މިމައްސަލައާ ދުރުވުމަށްޓަކައި އެކިކަހަލަ ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ ހުޅުތައް ވަތުގަދަ ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަސްރަތުތެކެވެ.

ފެތުން



ހުޅުތަކުގައި ރިއްސާތީ އެކަމުގެ ސަބަބުން އުނދަގޫވާނަމަ ކޮންމެ ދުވަހަކު ފެތުމުންވެސް ހުޅުތަކުގެ ސިއްހަތު ރަނގަޅުވެއެވެ. ފެތުމުން ހުޅުތަކަށް ކޮށްފައިވާ ބާރު ކުޑަވެ، އޭގެ ސަބަބުން މަސްގަނޑު ވަރުގަދަވެއެވެ. އަދި އޭގެ ސަބަބުން މަސައްކަތްތައް ކުރާއިރު ހުޅުތަކަށް ޕްރެޝަރު އަރާ ވަރު ކުޑަވެ، ހުޅުގައި ރިއްސުމުން މީހާ ދުރުކޮށްދެއެވެ.

ބައިސްކަލު ދުއްވުން

ބައިސްކަލު ދުއްވުމަކީވެސް ހުޅުތައް ވަރުގަދަ ކުރުމަށް އެހީވެދޭ ކަމެކެވެ. އެގޮތުން ބައިސްކަލު ދުއްވުމުން ފައިގެ ވަރު އިތުރުވެ، އޭގެ ސަބަބުން ހުޅުތައް އިތުރަށް ފްލެކްސިބަލް ވެއެވެ. އަދި މިކަމުގެ ސަބަބުން ހުޅުގައި ރިއްސުމުން މީހާ ދުރުކޮށްދެއެވެ.

ޕިލާޓޭސް ޖެއްސުން



ޕިލާޓޭސް އަކީ ލުއި ކަސްރަތުގެ ވައްތަރަކަށް ވީއިރު، މިއީ ވަރަށް ގިނަ މީހުން މިހާރު ކޮށް އުޅޭ ކަމެކެވެ. ޕިލާޓޭސް ޖެއްސުމުންވެސް މީހާގެ ހުޅުތަކުގެ ރިހުން ފިލާގޮސް ހުޅުތައް ވަރުގަދަވެއެވެ. ޕިލާޓޭސް އަކީ ވަރަށް ކޮންޓްރޯލާއެކު ކުރާ ހަރަކާތްތަކަކަށް ވީއިރު، މިކަމުގެ ސަބަބުން ހަށިގަނޑުގެ މަސްތައް ސްޓެބަލައިޒް ވެ އިތުރަށް ވަރުގަދަ ވެއެވެ. އަދި އޭގެ ސަބަބުން ހުޅުތަކަށް ބާރު ކުޑަވެ ހުޅުތަކުގައި ރިއްސުމުން މީހާ ދުރުކޮށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން