އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ހޮސްޕިޓަލެއްގައި މީހެއްގެ ގޮހޮރުން ދިރޭ ކުރަފިއެއް ނަގައިފިއެވެ.
ނިއުދިއްލީގެ ހޮސްޕިޓަލެއްގައި ދިރިއޮތް ކުރަފިއެއް ނަގާފަައިވަނީ އުމުރުން 59 އަހަރުގެ ފިރިހެނެއްގެ ގޮހޮރުންނެވެެ. އެގޮތުން ޑޮކްޓަރުން ވަނީ އެމީހާގެ ގޮހޮރުން 3 ސެންޓިމީޓަރުގެ ދިގުމިނުގެ ދިރިހުރި ކުރަފިއެއް ނަގާފައެވެ.
މި ހާދިސާ ހިނގާފައިވަނީ ދިއްލީގެ އިންދިރާ ގާންދީ ހޮސްޕިޓަލުގައެވެ. އެ ފިރިހެންމީހާ ހޮސްޕިޓަލަށް ގޮސްފައިވަނީ ބަނޑުގައި ރިއްސުމާއި ހޮޑުލުމުގެ ޝަކުވާއާ ގުޅިގެންނެވެ. އަދި އޭނާގެ ބަނޑުގައި ކުރަފިއެއް އޮތްކަން އެނގުނީ އޭނާގެ ގޮހޮރު ބެލުމަށް ކުރި އެންޑޮސްކޮޕީއަކުންނެެވެ.
މި ފަނިފަކުސާ ނެގުމަށް ޑޮކްޓަރުންނަށް ގާތްގަނޑަކަށް އެއް ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް މީޑިޔާ ރިޕޯޓް ތައް ބުނެއެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މިފަދަ ހާލަތްތަކުގައި އާންމުކޮށް ފެންނަނީ މަރުވެފައި ހުންނަ ފަނިފަކުސައެވެ. އެހެންނަމަވެސް މި ފަހަރު ފެނުނީ ދިރިއޮތް ފަނިފަކުސައެކެވެ. މިއީ ވަރަށް މަދުން ދިމާވާ ކަމެއް ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.
ފަނިފަކުސާ ނެގުމަށްފަހު އެ ފިރިހެނާގެ ހާލު ރަނގަޅުވެފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. އަދި މިފަދަ ހާލަތްތައް ދިމާވުން މަދުކުރުމަށް ސާފުތާހިރުކަމަށް އަހަންމިއްޔަތުކަން ދިނުމަށް ޑޮކްޓަރުން އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު