ލުބުނާނުގެ ދެކުނުގައި ބަލި މީހުން އުފުލުމުގައި ބޭނުންކުރަމުންދާ އެމްބިއުލާންސްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު، ނިރުބަވެރި އިސްރާއީލު ސިފައިން ދީފިއެވެ.

ޒަޔަނިސްޓް އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުالله އިން ދަނީ ލުބުނާނުގެ ދެކުނުގައި ބޭނުންކުރާ އެމްބިއުލާންސްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންނެވެ. ނަމަވެސް މީގެ އެއްވެސް ތަފްސީލެއް އަދި މިކަމުގެ އެއްވެސް ހެއްކެއްވެސް އިސްރާއީލުން އަދި ހާމަކޮށްފައި ނުވެއެވެ.

އެމެރިކާގެ މަދަދާއެކު އިސްރާއީލުން ލުބުނާނުގައި ހިންގާ ޖަރީމާތައް މިހާރު އެގައުމުގެ ސިއްހީ ދާއިރާ އަށް އަމާޒުކޮށްފައިވާކަމަށް ލުބުނާނުގެ ސަރުކާރާ ހަވާލަދީ ބޭރުގެ މަސްދަރުތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ލުބުނާނުގެ ހޮސްޕިޓަލްތަކާއި ސިއްހީ ދާއިރާގައި ގެންގުޅޭ ގިނަ ވެހިކަލްތަކަށްވެސް އިސްރާއީލުން ހަމަލާތައް ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުން ލުބުނާނަށް އެއްގަމު މަގުން އަރައި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،645 އަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު އިސްރާއީލުން ފައުޖުތަކުން ދަނީ ލުބުނާނުގެ ރައްޔިތުން އެމީހުންގެ ގެތަކުން ނުކުމެ ހިޖުރަކުރުމަށް މަޖުބޫރު ކުރަމުންނެވެ.

ލުބުނާނުގައި އިސްރާއީލުން ހިންގާ ޖަރީމާތަކުގައި އިސްރާއީލު ސިފައިން ވަނީ ލުބުނާނުގައި ހުންނަ އދ. އދ. ގެ ސުލްހަ ބަލަހައްޓާ އޮފީހަށްވެސް ހަމަލާ ދީފައެވެ. މި ހަމަލާގައި އެ އޮފީހަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން