އިނގިރޭސިވިލާތުގެ ބޭންޑް، ވަން ޑައިރެކްޝަންއިން މަޝްހޫރުވި ލިއަމް ޕޭން މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މަރުވީ އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އައިރޭސްގައި ހޮޓަލެއްގެ ބެލްކަނިން ވެއްޓިގެން ނެވެ.

އޭނާ މަރުވިއިރު އުމުރުން 31 އަހަރެވެ.

ލިއަމް މަރުވުމުގެ ކުޑައިރުކޮޅެއް ކުރިން ވެސް ސްނެޕްވެސް ކޮށްފައި ވެއެވެ.

އާޖެންޓީނާގެ ފުލުހުން ބުނީ ލިއަމް މަރުވުމުގެ ކުރިން ހޮޓަލުގައި މީހަކު މަސްތުވެގެން އުނދަގޫކުރާ ކަމުގެ ރިޕޯޓެއް ލިބުނު ކަމަށެވެ.

އެހެންކަމުން އޭނާ މަރުވީ މަސްތުގެ ހާލަތުގައި ވެއްޓިގެން ކަމަށް ވަނީ ބެލެވިފަ އެވެ.

ލިއަމްގެ މަރު އާޖެންޓީނާގެ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން