ނިރުބަވެރި އިސްރާއީލުގެ ހަމަލާއެއްގައި ހަމާސްގެ ލީޑަރު ޔަހްޔާ އަލް ސިންވާރ ޝަހީދުކޮށްލާފައިވާ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފިއެވެ.
ޣައްޒާގެ ބިންތަކަށް ވެރިވެގަނެގެންއުޅޭ އިސްރާއީލުން ބުނާގޮތުގައި އެ މީހުން ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު ސިންވާރް ޝަހީދުވެފައިވޭތޯ ބެލުމުގެ މަސައްކަތް އެ ގައުމުން މިހާރު ވަނީ ފަށާފައެވެ.
އިސްރާއީލުން މި މަސައްކަތް ފެށީ ޣައްޒާއަށް އިއްޔެ ދިން ހަމަލާއެއްގައި ތިން މުޖާހިދުން ޝަހީދުކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އަދި މި ހަމަލާގައި ޝަހީދުވި ތިން މީހުންގެ ހަށިގަނޑު މިހާރު ތަހުގީގު ކުރަން ވަނީ ފަށާފައެވެ. ޔަހޫދީން ބުނާގޮތުގައި މި ތިން ހަށިގަނޑުގެ ތެރޭގައި ހަމާސްގެ ލީޑަރު ސިންވާރް ވޭތޯ ޔަގީންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެއްގަމު މަގުން އިސްރާއީލު ސިފައިން ޣައްޒާއަށް އަރައި ދިން މި ހަމަލާގައި ތިން މީހަކު ޝަހީދުވެފައިވާއިރު އޭގެ ތެރެއިން އެކަކު ހަމާސްގެ ލީޑަރާ ވަރަށް ވައްތަރު ކަމަށް ޔަހޫދީ ޖަމާއަތުން ބުނެއެވެ. ނަމަވެސް އެކަން ޔަގީން ކުރެވޭނީ ޑީއެންއޭ ޓެސްޓުތައް ހަދައިގެން ކަމަށްާއި އެ ޖަމާއަތުން އެ މަސައްކަތް ފަށައި މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭގެ ނަތީޖާ ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
ހަމާސްގެ ލީޑަރު ޔަހްޔާ އަލް ސިންވާ އަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ މުޖާހިދެކެވެ. މިކަމާ ގުޅޭގޮތުން ހަމާސް އިން އަދި އެއްޗެއް ނުބުނާކަން ފާހަގަ ކުރެވެއެވެ.
މީގެ ކުރިންވެސް އިސްރާއީލުން ވަނީ ހަމާސްގެ ލީޑަރުން ޝަހީދުކޮށްލާފައެވެ. ނަމަވެސް އެ ޖަމާއަތަށް ހުއްޓުމެއް ނައިސް އަބަދުވެސް އާ ލީޑަރަކު އިންތިހާބުކުރެވޭކަން ފާހަގަ ކުރެވެއެވެ. އަދި ބަދަލު ހިފުމުގެ ގޮތުން ހަމާސް އިން އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތައް ދޭކަންވެސް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު