ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޣައްޒާގައި ޝަހީދުކޮށްލާފައިވާކަން އިސްރާއީލުން ކަށަވަރުކޮށްދީފިއެވެ.
ނިރުބަވެރި އިސްރާއީލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނީ އިސްރާއީލު ސިފައިންގެ ހަމަލާއެއްގައި ހަމާސްގެ ލީޑަރު ޝަހީދުކޮށްލާފައިވާކަމަށެވެ. އަދި ހަމާސްގެ ލީޑަރަކީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތައް ރޭވުމުގައި އިސް ދައުރެއް އަދާކުރެއްވި ފަރާތެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އިސްރާއީލުން މި ހަމަލާ ދީފައިވާ ތަން ބޭނުން ކުރަމުން ދިޔައީ ހަމާސް އާއި އިސްލާމިކް ޖިހާދުގެ ހަރަކާތްތަކުގެ ބައްދަލުވުން އޮންނަ ތަނެއްގެ ގޮތުގައި ކަމަށް ޔަހޫދީން ވަނީ ބުނެފައެވެ. ނަމަވެސް ހަމާސް އިން މިކަން ދޮގުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
ކަޓްޒް އިތުރަށް ބުނީ މިއީ އިސްރާއީލަށް ލިބުނު މުހިންމު އަސްކަރީ ކާމިޔާބީއެއް ކަމަށެވެ. އަދި ސިންވާރު ޝަހީދުކޮށްލުމުން ޣައްޒާއިން ރަހީނުކޮށްފައިވާ ޔަހޫދީން ވަގުތުން ދޫކޮށްލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
2013 ވަނަ އަހަރު އިސްރާއީލުގެ ޖަލެއްގައި ބަންދުކުރުމަށްފަހު މިނިވަންކޮށްފައިވާ ޔަހްޔާ ސިންވާރަކީ ހަމާސްގެ ސިޔާސީ އަދި އަސްކަރީ ބައިތަކުގައި އިސްކޮށް އުޅެފައިވާ، އަދި އެ ހަމާސްގެ ހުރިހާ ގުޅުންތަކެއްވެސް ކޮންޓްރޯލްކޮށްފައިވާ ދުރުވިސްނޭ މުޖާހިދެކެވެ.

ކިޔުންތެރިންގެ ހިޔާލު