ޝާހުރުކް ޚާން، ސަލްމާން ޚާން، ބާބާ ސިއްދީގީ- ގޫގުލް އިމޭޖެސް
ޝާހުރުކް ޚާން، ސަލްމާން ޚާން، ބާބާ ސިއްދީގީ- ގޫގުލް އިމޭޖެސް
ޝާހުރުކް ޚާން އާއި ސަލްމާން ޚާން އާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުމަކީ ބޮލީވުޑް ދުށް އެންމެ ބޮޑު ހަމަނުޖެހުމަށް ވީއިރު މި މައްސަލަތައް ނިންމާލުމުގައި އެހީވެފައިވަނީ ސިޔާސީ ފަރާތެއް ކަމަށްވާ ބާބާ ސިއްދީގީއެވެ.

2013 ވަނަ އަހަރު ސަލްމާނުގެ އޭރުގެ ލޯބިވެރިޔާ އަދި ބޮލީވުޑްގެ ތަރި ކެޓްރީނާގެ އުފަންދުވަހުގެ ހަފްލާގައި ސަލްމާނު އާއި ޝާހުރުކް އާއި ދެމެދު ހަމަނުޖެހުމެއް ހިނގައި ދިއުމުގެ ސަބަބުން މި ދެ ތަރިން ވަނީ އެކަކު އަނެކަކަށް ރުޅި މޫނު ހަދައި، ވާހަކަ ދެއްކުން ހުއްޓާލާފައެވެ.

އަދި މިކަމުގެ ސަބަބުން ބޮލީވުޑް ބައިބައިވުމާ ގުޅިގެން ޕްރޮޑިއުސަރުން ކަންބޮޑުވެފައިވަނިކޮށް، މި މައްސަލަ ހައްލު ވެފައިވަނީ ސިޔާސީ ވެރިޔާ ބާބާ ސިއްދީގީގެ އެހީގެ ސަބަބުންނެވެ.

އެގޮތުން އޭނާ މި މައްސަލަ ހައްލު ކޮށްފައިވަނީ އީދުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޕާޓީއެއްގެ ތެރެއިންނެވެ. އެ ޕާޓީގައި އޭނާ ޝާހުރުކް އަށް ހާއްސަ ކުރި ގޮނޑި ބަހައްޓާފައިވަނީ ސަލްމާނުގެ ބައްޕަ ސާލިމް ޚާންގެ ކައިރީގައެވެ. އަދި ސަލްމާނުގެ ބައްޕަ އާއި ޝާހުރުކް އާ ދެމެދު ދެކެވުނު ވާހަކަ ތަކަކަށްފަހު، އެ ދެތަރިންގެ ދެމެދުގައި ހިނގައިދިޔަ ހަމަނުޖެހުމަށް ހައްލެއް ލިބިގެން ދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި މި ޕާޓީގެ ތެރެއިން ނަގާފައިވާ ވައިރަލް ވީޑިއޯއެއްގައި ފެންނަ ގޮތުގައި ސަލްމާނު އާއި ޝާހުރުކް ވަނީ މި ޕާޓީގައި އެކަކު އަނެކަކާ ބައްދައި، ސަލާމް ބަލައިގަނެފައެވެ. އަދި ބާބާ ސިއްދީގީއާއެކު ނެގި ފޮޓޯ އަކަށްފަހު ސަލްމާނު އާއި ޝާހުރުކް އަނެއްކާވެސް ބެސްޓް ފްރެންޑުންނަަށް ވެފައިވާކަމަށް މީޑިއާ ތަކުން ސިފަކުރެއެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ މެދުގައި ހިނގައިދިޔަ މި ހަމަނުޖެހުމުގެ ސަބަބުން ބޮލީވުޑް ބައިބައިވިޔަ ނުދީ އެކަން ހައްލު ކުރުމުގައި ބޮޑު ރޯލެއް އަދާ ކުރި ބާބާ ސިއްދީގީ އަކީ އިންޑިއާގެ ވަރަށް މަތީ ފަންތީގެ ސިޔާސީ ފަރާތެކެވެ. އެގޮތުން 48 އަހަރު ވަންދެން ބާބާ ކޮންގްރެސް ޕާޓީގައި މަސައްކަތް ކޮށްފައިވާއިރު، އޭނާ ވަނީ މިއަހަރު ކުރީކޮޅު ނޭޝަނަލް ކޮންގްރެސް ޕާޓީއަށް ބަދަލުވެފައެވެ.

އަދި 2013 ވަނަ އަހަރު ތިންވަނަ ދައުރެއްގައި އެމްއެލްއޭގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާއިރު އޭނާ ވަނީ މަހަރަސްތުރާގެ މިނިސްޓަރުކަން ވެސް ކޮށްފައެވެ.

ބާބާ މަރުވެފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ހިނގާދިޔަ ބަޑީގެ ހަމަލާއެއްގައެވެ. މިހާދިސާގައި އުމުރުން 66 އަހަރުގެ ބާބާ މަރުވެފައިވަނީ ބަޑީގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން