މަރްޔަމް ނަހްދާ ވަޙީދު   18 އޮކްޓޯބަރު 2024 - 5:46
ކަސްރަތު ކުރަނީ- ގޫގުލް އިމޭޖެސަ
ކަސްރަތު ކުރަނީ- ގޫގުލް އިމޭޖެސަ
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ގިނަ މީހުންނަށް މިކަން ކުރުން ވަނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ.

މީހާ މާ ބޮޑަށް ވަރުބަލި ވާނަމަ އެކަމުގެ ސަބަބުން ކަސްރަތު ނުކޮށް ދޫކޮށްލާ މީހުންވެސް މަދެއް ނޫނެވެ. މިކަން ހުއްޓުވައި، ކަސްރަތު ކުރުމަކީ އާދައަކަށް ހަދަން ބޭނުންވާނަމަ ކަސްރަތު ކުރުމުގެ ކުރިން ހަކަތަ ލިބޭފަދަ ކާނާގެ ބާވަތްތައް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ ކަސްރަތު ކުރުމުގެ ކުރިން ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމުގެ ގޮތުން ކާންވީ ބައެއް ބާވަތްތަކެވެ.

ދޮންކެޔޮ

ދޮންކޭލަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި ކާބޯހައިޑްރޭޓު އެކުލެވޭ އެއްޗެއް ކަމުން މި ކެއުމުން ހަށިގަނޑަށް ފަސޭހަކަމާއެކު ހަކަތަ ލިބެއެވެ. އަދި ކަސްރަތު ކުރާއިރު މަސްގުޅަ ކެއުމުންވެސް ދުރުކޮށްދެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރަން ފެށުމުގެ ކުރިން މި ކާނަމަ ހަށިގަނޑަށް ހަކަތަ ލިބި، ކަސްރަތު ކުރުމަށް ފަސޭހަވެއެވެ.

އޯޓްސް

އޯޓްސް އަކީވެސް ހަށިގަނޑުގައި ހަކަތަ އުފައްދައިދިނުމަށް އެހީވެދޭ އެއްޗެކެވެ. މިއީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓު އެކުލެވޭ އެއްޗެއްކަމަށް ވީއިރު، މި ކެއުމުން ހަށިގަނޑަށް ގިނަ އަދަދަކަށް ހަކަތަ ލިބެއެވެ. މީގެ އިތުރުން އޯޓްސް އަކީ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ އެއްޗެއް ކަމުން މި ކެއުމުން ގިނަ އިރު ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވެއެވެ. އަދި އޭގެ ސަބަބުން ކަސްރަތު ކުރާ އިރު ހަށިގަނޑަށް ބޭނުންވާ ވަރަށް ހަކަތަ ލިބެއެވެ.

ގްރީކު ޔޯގަޓު އާއި ބެރީ

ގްރީކު ޔޯގަޓަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ އެއްޗެކެވެ. ގްރީކު ޔޯގަޓާއި އެކިކަހަލަ ބެރީ އެއްކޮށްލައިގެން ކެއުމުން ހަށިގަނޑަށް ބޭނުންވާ އެންޓި އޮކްސިޑެންޓުތަކާއި ކާބޯހައިޑްރޭޓުތައް ލިބެއެވެ. އަދި މީގެ ސަބަބުން ހަށިގަނޑުގައި ހަކަތަ އުފެދޭ ވަރު އިތުރުވެ، ކަސްރަތު ކުރާއިރު ހަށިގަނޑަށް ބޭނުންވާ ވަރަށް ހަކަތަ ލިބެއެވެ. އަދި އޭގެ ސަބަބުން ކަސްރަތު ކުރުމަށްފަހު ހަށިގަނޑުގެ މަސްތަކަށް ލިބޭ ގެއްލުންތައްވެސް ފަސޭހަކަމާއެކު ރަނގަޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން