މަރްޔަމް ނަހްދާ ވަޙީދު   19 އޮކްޓޯބަރު 2024 - 5:33
ހަށިގަނޑު ޑިޓޮކްސް ކުރުމަކީ ވަރަށް މުހިންމު ކަމެއް- ގޫގުލް އިމޭޖެސް
ހަށިގަނޑު ޑިޓޮކްސް ކުރުމަކީ ވަރަށް މުހިންމު ކަމެއް- ގޫގުލް އިމޭޖެސް
ހަށިގަނޑު ޑިޓޮކްސް ކުރުމަކީ ތަފާތު އެކިކަހަލަ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމެވެ. މިއީ މިހާރު ވަރަށް ގިނަ މީހުން ކުރަމުން އަންނަ ކަމަކަށްވީއިރު، މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެކެވެ. ތިރީގައި މި ހިމަނާލަނީ ހަށިގަނޑު ޑިޓޮކްސް ކުރަންޖެހޭ ބައެއް ސަބަބުތަކެވެ.

ހަޖަމުގެ މައްސަލަތަކުން ދުރުވުމަށް



ހަޖަމުގެ މައްސަލަތަކުން ދުރުވެ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ ހަށިގަނޑު ޑިޓޮކްސް ކުރުމަކީ ވަރަށް މުހިންމު ކެމެކެވެ. މީހާ މާ ބޮޑަށް ދުޅަވެ، ބަނޑުގައި ވައިހެދި، ބަނޑު ފުއްޕާނަމަ އެއީ ހަށިގަނޑުގައި ހުރި ވިހަ މާއްދާތައް ބޭރު ކުރަން ޖެހޭ ކަމުގެ ނިޝާނެކެވެ. އެހެންކަމުން މިކަންތައް ދިމާވާނަމަ ހަށިގަނޑު ޑިޓޮކްސް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބޮލުގެ ރިހުން ރަނގަޅު ކުރުމަށް

އަބަދު ބޮލުގައި ރިއްސާތީ އެކަމުގެ ސަބަބުން އުނދަގޫވާނަމަވެސް ހަށިގަނޑު ޑިޓޮކްސް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑު ޑިޓޮކްސް ކުރުމުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް އެހީވެދެއެވެ. އަދި އޭގެ ސަބަބުން ބޮލުގެ ރިހުން ވެސް ރަނގަޅު ވެއެވެ.

ހަންގަނޑު ރީތިކުރުމަށް



ހަމުގެ މައްސަލަތައް ހުންނަ ނަމަވެސް ހަށިގަނޑު ޑިޓޮކްސް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އާންމު ދިރިއުޅުމުގައި ތެލާއި ހަކުރު އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުން ކުރާނަމަ އެކަމުގެ ސަބަބުން މޫނުގައި ބިހި ނެގުމަށް މެދުވެރިވެއެވެ. ނަމަވެސް ހަށިގަނޑު ޑިޓޮކްސް ކުރުމުން ބިހި ނެގުމަށް މެދުވެރިކުރާ ޖަރާސީމުތައް ހަށިގަނޑުން ބޭރުވެ، އޭގެ ސަބަބުން ހަންގަނޑު ރީތިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން