ނިރުބަވެރި އިސްރާއީލު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެއަށް ހިޒްބުالله އިން ހަމަލާދީފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޗުއްޓީ ހޭދަކުރާ ގެއަށް ހިޒްބުالله އިން ހަމަލާ ދީފައި ވަނީ ޑްރޯނެއް ބޭނުންކޮށްގެނެވެ. އަލްޖަޒީރާއިން މި ޚަބަރު ގެނެސްދީފައިވާއިރު އެ ނޫހުން ބުނީ އިސްރާއީލުގެ މައި ސިޓީ ތެލް އަވީވް ހިމެނޭ ގޮތަށް އެ ގައުމުގެ އެކި ސަރަހައްދުގައި ވައިގެ ހަމަލާތައް ދޭތީ ސައިރެންއަޅާފައިވާ ކަމަށެވެ.
ނަތަންޔާހޫގެ ތަރުޖަމާނު ވަނީ ހިޒްބުލްالله އިން ހަމަލާ ދިންކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނީ ލުބުނާނުން ފޮނުވާލި ތިން ޑްރޯންގެ ތެރެއިން އެއް ޑްރޯން ހޮނިހިރު ދުވަހު ސީސަރިއާ އަވަށުގައި ހުންނަ ނަތަންޔާހޫގެ ގޭގައި ޖެހުނު ކަމަށާއި ނަމަވެސް އެވަގުތު ނަތަންޔާހޫ އެ ސަރަހައްދުގައި ނެތް ކަމަށެވެ. އަދި މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ހަމަލާގައި ހިޒްބުالله އިން ފޮނުވި އަނެއް ދެ ޑްރޯން ހުއްޓުވާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ލުބުނާނުން އިސްރާއީލުގެ އުތުރު ހުރަސްކޮށް ޖުމްލަ 100 އަށް ވުރެ ގިނަ ރޮކެޓް ފޮނުވާފައިވާ ކަމަށާއި މި ހަމަލާތަކުގައި އެކަކު މަރުވެ 13 މީހަކު ޒަޚަމްވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ހިޒްބުالله އިން އިސްރާއީލަށް ދެމުންދާ ހަމަލާތައް އިތުރުކޮށްފައިކަން ފާހަގަ ކުރެވެއެވެ. އަދި މިހާރު މި ދިން ހަމަލާއަކީ އިސްރާއީލުގެ އެންމެ ވަރުގަދަ ކަމަށް ދައުވާ ކުރާ ވައިގެ ދިފާއީ ނިޒާމު ބަލިކަން ހާމަވާ ކަމެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު