އަންނަ ނޮވެންބަރު 10 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވިކަން ރައީސް އޮފީހުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު އެ ނިންމުން ނިންމެވީ 11 ނޮވެމްބަރަކީ ޖުމްހޫރީ ދުވަސްކަމަށް ވުމާއެކު ގައުމީ ބަންދު ދުވަހަކަށްވީ ނަމަވެސް އޭގެ ކުރިން އަންނަ 10 ވަނަ ދުވަހަކީ ރަސްމީ ދުވަހަކަށް ވާތީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ކަމަށެވެ.

މީގެ ކުރިން ވެސް ބޮޑެތި ބަންދުތައް ލިބޭ ދުވަސްތަކުގެ މެދުތެރެއަށް ރަސްމީ ދުވަސްތައް އަންނާތީ އެފަދަ ރަސްމީ ދުވަސްތައް ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖައްސާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން