އެމެރިކާގެ ހަތިޔާރު އަޅައިގެން ކުޑަކުދިން ޝަހީދުކުރަމުން ދަނިކޮށް މުޖާހިދުންގެ ވަރުގަދަ ހަމަލާއެއްގައި ނިރުބަވެރި އިސްރާއީލު ސިފައިންގެ އިސް ކޮމާންޑަރަކު މަރާލައިފިއެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެފައިވާ ޒަޔަނިސްޓް އިސްރާއީލުގެ ސިފައިން ބުނީ އެބައިމީހުންގެ 401 ވަނަ އާމަޑް ބްރިގޭޑްގެ ކޮމާންޑަރު، ކާނަލް އަހްސާން ދަކްސާ މަރާލާފައިވާ ކަމަށެވެ. އޭނާ މަރާލާފައި ވަނީ ޣައްޒާގެ އުތުރުގައި މިއަދު ހިނގި ކުރިމަތިލުންތަކުގައި ކަަމަށް ނިރުބަވެރި ޖަމާއަތުން ވަނީ ބުނެފައެވެ.

ކުޑަކުދިންނާއި އަންހެނުން ޝަހީދުކުރަމުންދާ ނިރުބަވެރި އިސްރާއީލުން ބުނީ އެ ޖަމާއަތުގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ޖަބަލިޔާގައި ހިންގި އޮޕަރޭޝަންތަކުގައި ދަކްސާގެ ޓޭންކާއި އެހެން ޓޭންކެއްގައި ގޮވާ އެއްޗެހިތަކަކުން ޖެހިފައިވާކަމަށް އެނގިފައިވާ ކަމަށެވެ.

ހަމާސްގެ މުޖާހިދުންގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިޔަށްދާއިރު ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރާލި އެންމެ އިސް އޮފިސަރުންގެ ތެރޭގައި ދަކްސާ ހިމެނެއެވެ. މި ހާދިސާގައި ޒަޚަމްވީ ކިތައް ސިފައިންނެއް ކަމެއް ނިރުބަވެރި ޖަމާއަތުން އަދި ހާމަ ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން