ނިރުބަވެރި އިސްރާއީލުން ދަނީ ފަލަސްތީނުގެ ރައްޔިތުން އަނިޔާވެރި ގޮތަކަށް އެމީހުންގެ ވަޒަނުން ނެރެލުމަށް މަޖުބޫރު ކުރުވަމުން ކަމަށް އުރުދުންގެ ފޮރިން މިނިސްޓްރ އައިމަން ސަފާދީ ވިދާޅުވެއްޖެއެވެ.

އުރުދުންގެ ފޮރިން މިނިސްޓްރ އައިމަން ސަފާދީ ވިދާޅުވީ އިސްރާއީލުން ފަލަސްދީނަށް އަރައި ދެމުންދާ ހަމަލާތައް ވަގުތުން ވަގުތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އޭނާ ވަނީ ޣައްޒާގެ އުތުރަށް އިސްރާއީލުން ދިން ހަމަލާ ކުށްވެރިކޮށް އެއީ ނުބައިކަމާއި އިންސާނިއްޔަތު ތަހައްމަލު ކުރަން ނުޖެހޭ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ސިފަކުރައްވައިފަ އެވެ.

ސަފާދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކަށް ފަލަސްތީނުގެ އިތުރު ކުދިން ދިރިހުއްޓާ އަންދާލުމުގެ ހުއްދަ ދީގެން ނުވާނެ ކަމަށާއި އިތުރު ބަޔަކު މަރައި އިތުރު ސްކޫލް ނުވަތަ ހޮސްޕިޓަލެއް ހަލާކު ކުރުމުގެ ހުއްދަ ދީގެން ނުވާނެ ކަމަށެވެ.

ބައިނަލްއަގްވާމީ ގާނޫނު ތަންފީޒުކޮށް، އިންސާފު ކަށަވަރުކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައު އާއި އެ މުއައްސަސާތަކުން ނާކާމިޔާބުވުމުގެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް ސަފާދީ ވިދާޅުވިއެވެ.

ސަފާދީ ވަނީ މީގެ ކުރީގައިވެސް އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ކުއްވެރި ކުރައްވައި ވާހަކަ ދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން