ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން- ގޫގުލް އިމޭޖެސް
ހަޔާތުގައި ދިމާވި ލޯބިވެރިންނާ ވަކިވާން ޖެހުނީ އެމީހުންނަށް އުފާވެރިކަމާއި، ރަނގަޅު ދިރިއުޅުމެއް ހޯދައި ނުދެވޭނެ ކަމުގެ ބިރު ހީވާތީ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ބުނެފިއެވެ.

ދާދި ފަހުން ފެންމަތިވި "ތްރޯބެކް" ވީޑިއޯއެއްގައި ސަލްމާން ވަނީ އޭނާގެ ހުރިހާ ލޯބިވެރިންނާވެސް ވަކިވާން ޖެހުނީ އޭނާގެ ސަބަބުން ކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އޭނާގެ ލޯބިވެރިންނާ ވަކިވާން ޖެހެނީ އެމީހުންނަށް ލިބެންޖެހޭ އުފާވެރިކަމާއި، ދިރިއުޅުން ހޯދައި ނުދެވޭނެ ކަމުގެ ބިރު އޭނާގެ ހިތުގައި އޮންނާތީ ކަމަށެވެ.

އަދި އެތައް ފަހަރަކު ލޯބީގައި ނާކާމިޔާބު ވުމަށްފަހު އެކަން އެހެން ދިމާވަނީ އޭނާގެ އަމިއްލަ ހިތުގައިވާ ބިރުވެރިކަމެއްގެ ސަބަބުން ކަން އެނގިފައިވާ ކަމަށްވެސް ސަލްމާން ވަނީ ބުނެފައެެވެ. އަދި އެ ހުރިހާ ގުޅުމެއްވެސް ނިންމާލަން ޖެހުނީ އޭނާގެ އަމިއްލަ ސަބަބުން ކަމަށް ސަލްމާން ވަނީ ބުނެފައެވެ. އަދި އުމުރުގައި އަދި އެއް ފަހަރުވެސް ކައިވެނި ކޮށްފައި ނުވަނީވެސް މިސަބަބާ ހުރެ ކަމަށް ސަލްމާން ވަނީ ހާމަކޮށްފައެވެ.

ސަލްމާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޔޫލިއާ ވަންތުރު އާއެކު ކަމަށް މިއަހަރު ތެރޭގައި އަޑު ފެތުރިފައިވާއިރު، އޭނާއާއި އޭނާގެ އާއިލާއިން ވަނީ މިއަހަރު ޔޫލިޔާގެ އުފަންދުވަހުގެ މުނާސަބާ ފާހަގަކުރުމުގައިވެސް ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން