ބޮލީވުޑްގެ ވެޓެރަން ތަރި ޖަޔާ ބައްޗަން އަކީ ވަރަށް ޖަޒުބާތީ މީހެއް ކަމަށް ނޫސްވެރިޔާ ބަވާނާ ސޮމާޔާ ބުނެފިއެވެ.
ދާދި ފަހުން ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ބަވާނާ ވަނީ އަމީތާބުގެ އަންހެނުން ޖަޔާ ބައްޗަންއާ މެދު އާންމުން ދެކެމުން އަންނަ ގޮތާ މެދު ވާހަކަ ދައްކާފައެވެ. އެގޮތުން ބަވާނާ ބުނެފައިވަނީ މީޑިއާތަކުން ކޮންމެ ގޮތަކަށް ވާހަކަ ފެތުރިކަމުގައި ވީނަމަވެސް ޖަޔާ އަކީ ވަރަށް މީހުންނަށް އިހްތިރާމު ކުރާ ހިތްތިރި މީހެއް ކަމަށެވެ. އަދި ޖަޔާ އަކީ ވަރަށް ޖަޒުބާތީ މީހެއް ކަމަށާއި، އޭނާއަކީ އޭނާގެ ޖަޒުބާތުތައް ހާމަކުރަން ކެރޭ މީހެއް ކަމަށްވެސް ބަވާނާ ވަނީ ބުނެފައެވެ.
"ޖަޔާއަށް ކަމުދާ އަދި ޖަޔާ ގަޔާވާ ފަދަ މީހުންނާ އޭނާ ވާހަކަ ދައްކައި މުހާތަބު ކުރަނީ ވަރަށް ރީއްޗަށް، ޖާނަލިސްޓެއް ކަމަށް ވިޔަސް ނުވަތަ ނޫން ވިޔަސް. ގިނަ ފަހަރު ޖަޔާ ހަނދާނެއްވެސް ނުހުންނާނެ ޖާނަލިސްޓުން" ބަވާނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ވަނީ ޖަޔާގެ އެންމެ ކަމުދާ ސިފަ ވެސް ފާހަގަ ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ޖަޔާ އަކީ ވަރަށް އަމިއްލަ ވަންތަ ތަރިއެއް ކަމަށާއި، އެހެން މީހުންގެ އުސޫލުތައް ނަކަލު ކުރާ ތަރިއެއް ނޫން ކަމަށެވެ.
70 ގެ އަދި 80 ގެ އަހަރުތަކުން ފެށިގެން ކާމިޔާބު ފިލްމުތަކަކުން ފެނިފައިވާ ޖަޔާ އަކީ އެތައް ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު