ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބޭރު ގައުމު ތަކުގައި ތައުލީމް ހާސިލުކުރާ ކުދިންނަށް ޑޮލަރު ލިމިޓް 1200 އާ ހަމައަށް އިތުރުކޮށްފި އެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު ރުފިޔާ ޑެބިޓް ކާޑުތަކުން ނެގެނީ 750 ޑޮލަރުގެ ފައިސާއެވެ.
ނަަމަަވެސް އެ އަދަދު 1200 އަށް ބޮޑުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ވައުދުވެވަޑައިގެންފަ އެވެ. އަދި އެކަމަށް މި އަހަރުގެ ކުރީކޮޅު ތާރީހުތަކެއް ދިން ނަމަވެސް ޑޮލަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ އެ ނިންމުމަށް އޮތީ އަމަލުކުރަން ނުފަށަ އެވެ.
ނަމަވެސް މިރޭ ބޭންކް އޮފް މޯލްޑިވްސްއިން ބުނީ އަންނަ މަހުން ފެށިގެން ދަރިވަރުންނަށް 1200 ޑޮލަރާ ހަމައަށް އެކުއްޖަކު ކިޔަވާ ގައުމަކުން އެގައުމެއްގެ ފައިސާ ނެގޭނެ ކަމަށެެވެ.
އަދި ލިޔެކިޔުންތައް ޕޯޓަލްއަށް ހުށަހެޅުމުން އެގޮތަށް ޑޮލަރު ލިމިޓް ބޮޑުކޮށްދޭނެ ކަމަށް ބޭންކުން ބުނެފައި ވެއެވެ.
މި ނިންމުމާއި ބެހޭގޮތުން ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ ބޭންކަށް ޑޮލަރު ލިބުމުގައި އަދިވެސް ދަތިތަކެއް ހުރި ނަމަވެސް ބޭރުގައި ތިބޭ ދަރިވަރުންނަށް ހުރި ގޮންޖެހުންތައް ބޭންކަށްވެސް އެނގޭ ކަމަށެވެ. އަދި މިއީ ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ ހިދުމަތްތައް ފޯރުކޮށްދީ އެހީތެރިވުމަށް ބޭންކުން އިސްކަންދޭ މިންވަރު ހާމަވެގެންދާ ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ޑެބިޓް ކާޑުން ފައިސާ ނެގޭ ލިމިޓް ބޮޑުކުރަން ނިންމިއިރު ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ގަވާއިދަށް ބަދަލު ގެނަސް ރާއްޖޭގެ ރިސޯޓުތަކުން ވަކި މިންވަރެއް ރާއްޖޭގެ ބޭންކަކުން މާރުކުރަން ޖެހޭގޮތަށް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު