ކުއްލިއަކަށް ވިލާތައް ގިނަވެއްޖެއެވެ. ކުލަކުލައިގެ ވިލާތަކުން މުޅި އުޑުމަތި ފުރިއްޖެއެވެ. ފަޟާއަށް ދުންފިނީގެ ފުސްކަން ވެރިވެ ދުވާލުގެ އަލިކަން ފަނޑުކޮށްލައިފިއެވެ. ފިނީގެ ކޮންމެ ރާޅެއް އަންނަނީ ނުލާހިކު ރަޙުމްކުޑަ ގޮތަކަށެވެ.
ޖަޔާ އިރުއަރަންދެން ނިދަންއޮތެވެ. ރޭގަނޑުގެ ފުރަތަމަދަން އޭނާ ވޭތުކޮށްލީ ހިތްހަމަ ނުޖެހުމުގެ ތެރޭގައެވެ. އެކަމަކު ފަހުދަމަށް އެޅުމުން ހަމަގަދައަށް ނިދިއައެވެ. ވަރުބަލިވެފައި ވުމާވެސް އެކުގައެވެ. ސިކުނޑީގެ ބުރަކަމަށް ލުޔެއް ލިބުނީއެވެ...... އެއްވެސް ޚަބަރެއްނެތި ނިދަން އޮވެވުނީ އެހެންވެގެންނެވެ.
މިސިޒް ހެރަލްޑް ބަލާލަން ދެތިންފަހަރަކު އަތުވެއްޖެއެވެ. އޭނާވެސް ޖަޔާގެ އަރާމު ނިދި ހަލާކު ވެދާނެތީ ގޮވަން ނުކެރިފައި ހުރީއެވެ.
މިހާރު އަނެއްކާވެސް އޭނާ ބެޑްރޫމަށް އަތުވެއްޖެއެވެ. ޖަޔާ ފުރޮޅިލައިފިއެވެ.
[މިސިޒް ޖަލާލީއެވެ.] މިސިޒް ހެރަލްޑް ލޯތްބާއެކު އޭނާއަށް ގޮވާލައިފިއެވެ.
[ހޫނ........] އޭނާ ކުޑަކޮށް ލޯހުޅުވާލުމާއެކު ބަލާލާފައި އަނެއްކާވެސް ނިދައިފިއެވެ.
އެތައް އިރެއްވެއްޖެއެވެ. މިސިޒް ހެރަލްޑް ބޮކިތައް ނިވާލައިފިއެވެ. ކޮޓަރި ރީތިކުރިއެވެ. އެނދުގެ ވަށައިގެން ބެހެއްޓިފައިވާ މަލުގެ ގުލްދަސްތާތައް ހުރީ ތަރުތީބު ގެއްލިފައިވެއެވެ. އޭނާ އެއްޗެހިތައްވެސް ރަނގަޅު ކުރިއެވެ.
ޖަޔާ ލޯހުޅުވާލައިފިއެވެ. މިސިޒް ހެރަލްޑާ ދިމާއަށް އެއްފަހަރު ބަލާލިއވެ. ހަތަރު ފަރާތް ހޯދާ ބަލާލިއެވެ. އަދި ހުރިހާ ހިއްސުތައް ހަމައަކަށް އެޅުމުން ދިގު މޯޅިއަކަށް ދެމިލައިފިއެވެ. ދެން އެނދުގައި ކުޑަކޮށް ހިއްލާލާފައިވާ ހެޑްބޯޑުގައި ބުރަކަށި ޖައްސާލިއެވެ.
އެވަގުތު ހެރަލްޑް ހެނދުނުގެ ސަލާން ކުރިއެވެ.
ޖަޔާވެސް އުފާވެރި އަޑަކުން ޖަވާބުދެމުން ބުންޏެވެ. [ހޭލެވުނުލެއް ވަރަށް ލަސްވެއްޖެއެވެ.]
[ނިދިއައީމާ ނިދޭނެއެވެ. ބިރުގަންނަކަމަކާ ދިމާވީކީ ނޫނެއް ނޫންހެއްޔެވެ.] މިސިޒް ހެރަލްޑް ގުދުވެލާފައި ބުންޏެވެ.
ހަމައެއާއެކު ޖަޔާއަށް ފަރުދާގެ މަތިން ހަނދާން ވެއްޖެއެވެ. މެންދަމުން އަލިވެފާވަނިކޮށް ފަރުދާ ކެހިގެންދިޔަ މަންޒަރު ތަޞައްވަރު ކުރެވިއްޖެއެވެ. އޭނާ ކުއްލިއަކަށް އެދިމާއަށް ބަލަން ފަށައިފިއެވެ.
އެކަމަކު އެއީ މުޅިންވެސް ވަހުމުކަމުގައި އޭނާއަށް ހީކުރެވެން ފަށައިފިއެވެ. އޭނާ މިސިޒް ހެރަލްޑްގެ ވާހަކައިގެ ޖަވާބު ދިނީ ހިނިތުން ވުމަކުންނެވެ.
[އެނދުކޮފީ ގެންނަންހެއްޔެވެ؟]
[އާނއެކެވެ..........]
[މިހާރު މިގެންނަނީއެވެ. އަހަރެން މިހުންނަނީ ޖަޔާ ތެދުވުމުގެ އިންތިޒާރުގައެވެ.]
މިސިޒް ހެރަލްޑް ކޮޓަރިން ނުކުމެއްޖެއެވެ. ޖަޔާ އޮށޯވެލައިގެން އޮވެ ކޮޓަރި ތެރެއަށް ބަލަމުން ގެންދިޔައެވެ. ދުވާލުގެ އަލިކަން ފަނޑުވެފާވެއެވެ. ފަޟާއަށް މަސްތުކަމެއް ވެރިވެފައިވެއެވެ. ބެޑްރޫމް ޒީނަތްތެރި ކޮށްފައިވާގޮތް ވަރަށް ރީއްޗެވެ. އެހެންކަމުން އޭނާ ފިސާރި ބަލާހިތުން އަދި ހިތްހަމަ ޖެހިލައިގެން އޮވެ ބަލަމުން ގެންދިޔައެވެ. ކޮންމެ އެއްޗަކީ އަޖާބުކުރުވަނިވި ޚިޔާލީ އެއްޗެއް ފަދައެވެ. އެކަމަކު ޙަޤީޤަތެކެވެ. ރިމޯޓްކޮޓްރޯލުން ދެމިފައި ކެހިގެންދާ ފަރުދާ ހަރުކޮށްފައިވާ ކުޑަދޮރުތަކާއި ބޮޑުދޮރުތަކަށް އޭނާ ބެލިއެވެ. އެނދުގެ އަރިމަތީ މޭޒުމަތީގައިހުރި ކުޑަކުޑަ ފޮށްޓެއް އޭނާ ނަގައިފިއެވެ. އެއްބަޓަނަށް އޮބާލިއެވެ. ރާސްލާފައި ކުރިމަތީގައި ހުރި ފާރުގެ ހުރިހާ ފަރުދާއެއް ކެހިގެން ހިނގައްޖެއެވެ. ހިތްހަމަ ޖެހުމާ އުފާވެރިކަމުގެ ރާޅެއް އޭނާގެ އެތެރެހަށީގައި އުފެދުނެވެ. މިއީ އާދައިގެ ކަމެއްނޫނެވެ. އޭނާ އަނެއްކާވެސް ބަޓަނަށް އޮބާލައިފިއެވެ. ފަރުދާ ޙަރަކާތްކުރަން ފަށައިފިއެވެ. މިގޮތަށް އޭނާ އެތައް ފަހަރަކު ބަޓަނަށް އޮބާ ހެދިއެވެ. މިއީ ވަރަށް މަޖާކަމަކަށްވެސް ވެއްޖެއެވެ.
ދެން އޭނާ އަނެއް ބަޓަނަށް އޮބާލައިފިއެވެ. ކަނާތް ފަރާތު ބިއްލޫރި ފާރު އެއްފަރާތަކަށް ކެހިއްޖެއެވެ. ބޭރުގެ މަންޒަރުތައް ފެންނަން ފަށައިފިއެވެ. ވަރަށް ރީތި ހިސާބުގަނޑެކެވެ. މިހިސާބުން ފަރުބަދަތަކުގެ ސިލްސިލާ ފެށިފައިވެއެވެ. ދުރަށް ދިޔަވަރަކަށް ފަރުބަދަތައް އުސްވަމުން ގޮސްފައިވެއެވެ. ރަތް މޭވާތަކުން ފުރިފައިވާ ގަސްތައް ބަލާލާއިރު ހީވަނީ ޖަވާހިރު އަޅާ ފުރާފައިވާ ފެހިގަސްތަކެއް ހެންނެވެ. އަނދުން ކުލައިގެ ވިލާތައް ހިޔަނި އެޅުމުގެ ސަބަބުން އޭގެ ރީތިކަން ޑަބަލްވެފައިވެއެވެ. މިރީތި ޤުދްރަތީ މަންޒަރުތައް ޖަޔާގެ ލޮލަށް ވަރަށް ޝައުޤުވެރި ކަމާއެކު ފެތުރެމުން ދިޔައެވެ.
މިސިޒް ހެރަލްޑް ސައިހިފައިގެން އަތުވެއްޖެއެވެ. އޭނާ ހިނިތުންވެލިއެވެ. އަދި ސައި އަޅާފައިވާ އަގުބޮޑު ތަށި ޖަޔާއާ ދިމާއަށް ދިއްކޮށްލިއެވެ.
[ޝުކުރިއްޔާއެވެ.] ޖަޔާ ތަށީގައި ހިފަމުން ބުންޏެވެ. [ވަރަށް ރީތި ހިސާބުގަނޑެކެވެ.]
[ތިޔަ ބުނީ ހަމަރަނގަޅަށެވެ. ޖަޔާގެ ގެ މިހިރީ ވަރަށްރީތި ހިސާބެއްގައެވެ. މިއީ ފެއަރީލޭންޑެވެ.] ދެން ހީނލާފައި ބުންޏެވެ. [ތިޔައީވެސް ރީތިކުއްޖެއް ނޫންހެއްޔެވެ.]
ތަޢުރީފުގެ އަޑުއިވުމުން ޖަޔާ ހިނިތުންވެލިއެވެ.
[ޖަޔާ ސައި ބޮއިގެން ތައްޔާރުވާށެވެ. އޭގެފަހުގައި ގޭގެހުރިހާތަނެއް ދައްކާލަން ދާނަމެވެ. ހުރިހާ ކަމެއްވެސް ހުންނާނީ ރިމޯޓް ކޮންޓްރޯލުންނެވެ.]
ޖަޔާ ޙައިރާންކަމުގެ ނަޒަރަކުން އޭނާއަށް ބަލާލިއެވެ.
[ސައިބޯނީ އަދި ފަހުން ދޯއެވެ؟]
[އާނއެކެވެ.]
[ސައިބޯން ހަދާނީ ކޮންއެޗެއް ހެއްޔެވެ؟]
[ލިބުނު ކޮންމެ އެއްޗެކެވެ.]
[އެމެރިކަން ބްރެކް ފަރސްޓް ހެއްޔެވެ؟ ނޫނީ ޕާކިސްތާނު ކޮއްތު ހެއްޔެވެ؟]
[ޕާކިސްތާނު ގޮތަށް ކައްކަން ދަންނަމުހެއްޔެވެ؟]
[އާނއެކެވެ. ޚާއްޞަ ގޮތަކަށް ދަސްކުރީމެވެ. ޖަލާލީއަށް އެންމެ މީރީ ޕާކިސްތާނު ކެއުމެވެ.]
ޖަލާލީގެ ނަން އިވުމުން ޖަޔާގެ ހިތް ތެޅިގަތެވެ. އަތް ތުރުތުރު އަޅައިގަތެވެ. ކުއްލިއަކަށް މާޔޫސްވިއެވެ.
[އޭނާ ދުރުވީ ކޮންތާކަށް ހެއްޔެވެ؟] ޖަޔާ ހިތްވަރުކޮށްލާފައި މިސިޒް ހެރަލްޑާއި ސުވާލުކުރިއެވެ.
[ދުރުވެދާނެއެވެ. ފިކުރު ނުކުރާށެވެ.] އޭނާ ހަމައަވަހަށް ބުންޏެވެ. ދެން ވާހަކަ ބަދަލުކޮށްލަމުން ބުންޏެވެ. [ޖަޔާ ގޮސް ފެންވަރައިގެން ހެދުން ބަދަލު ކޮއްލާށެވެ. ނުކުންނަން ވާއިރަށް ނާސްތާ ތައްޔާރު ކޮށްލާނަމެވެ.]
[އެންމެ ރަނގަޅެވެ.] ޖަޔާ ބުންޏެވެ. ދެން އަރާމުގައި އިނދެ ސައިތަށި ބޯންފަށައިފިއެވެ.
މިސިޒް ހެރަލްޑް ނުކުމެގެން ހިނގައްޖެއެވެ.
ސައިގެ ކޯވަރުތައް އެތެރެކުރަމުން ޖަޔާ ޖަލާލީއާ ގުޅޭގޮތުން ވިސްނަން ފަށައިފިއެވެ. ޝައުޤުވެރިކަމާ އެކުގައެވެ........ ޖެހިލުންވުމާ އެކުގައެވެ.... މާޔޫސްކަމާ އެކުގައެވެ......... އޭނާ ވިސްނުމުގެ ތެރެއަށް ގެނބިއްޖެއެވެ.
މިގޮތުގައި އެތައް އިރެއް ވޭތުވެ ހިނގައްޖެއެވެ. ސައިޑްޓޭބަލް މަތީގައި ހުސްތަށި ބަހައްޓާލަމުން އޭނާ ފުން ނޭވާއެއްލިއެވެ. ކުއްލިއަކަށް ޙަޔާތަށް މިކަހަލަ ބޮޑުބަދަލެއް އަންނައިރު ހަމައެކަނި ވާނީ އުފަލެއްނޫނެވެ. ޙައިރާންވެސް ވާނެއެވެ. މިހާ ފަސޭހަކަމާއި އަރާމެއްގެ ހުވަފެނެއް އޭނާ ދުވަހަކުވެސް ނުދެކެއެވެ. އޭނާގެ މަންމައާ ބައްޕަ މިވަގުތު އޭނާގެ އުފާތައް ދެކޭނެނަމަ ކޮންފަދަ ހެއްޔެވެ. އެއްބަނޑު އެއްބަފާ ކުދިން މިމަންޒަރު ދެކޭނެ ނަމައެވެ. އިންތިހާ ދަރަޖައިގެ ރީތި އެނދެއްގައި ނިދާހެދުން ލައިގެން އޮންނަ މަންޒަރެވެ. އަދި އެމެރިކަން ޚާދިމާއެއް ތާއަބަދު އޭނާގެ ޚިދުމަތުގައި ހުޝިޔާރުވެ ހުންނަ މަންޒަރެވެ.
އޭނާ ލޯމަރާލިއެވެ. އަދި ގޭގެ މީހުންނަށް ފޮނުވާނެ ކުދިކުދި ހަދިޔާގެ ތަފްޞީލެއް ލިޔުމަށް އޭނާގެ ހިތަށް އެރިއެވެ. އެމީހުން އުފާވާނެ ވަރު އަންދާޒާ ކޮށްލުމާއެކު އޭނާވެސް އުފާވެއްޖެއެވެ.
އެތައް އިރެއް ވަންދެން އޭނާ ކަންނެތްވެފައި އޮތެވެ. މިހާރުގެ ޙާލަތާ މާޟީ ވަޒަންކުރިއެވެ. ބެޑްޓީ ގެނެސް ދިނީ މިސިޒް ހެރަލްޑެވެ. އޭނާއަކީ ހަމައެކަނި ޖަޔާއަށް ޚާއްޞަ ކުރެވިފައިވާ ނޯކަރެކެވެ.
ޖަޔާ މަންމަގެ ގޭގައި އުޅޭއިރު ބައެއް ފަހަރު ބެޑްޓީއަކަށް ހިތް އެދެއެވެ. އެކަމަކު ތައްޔާރު ކުރަންޖެހެނީ އަމިއްލަ އަށެވެ. އޭނާއަށް ސައިތަށްޓެއް ލިބޭނީ ތެޔޮ އުނދުން ރޯކޮށްގެން ސައިކުރާ ކައްކައިގެންނެވެ.
މިއަދު މިލިބުނީވެސް ބެޑްޓީއެކެވެ. ކިހާ ތަފާތު ހެއްޔެވެ. މިކަމަށްޓަކައި ޝުކުރުވެރިވުމަށް އޭނާ ނުކުޅެދިފައިވެއެވެ. މިއީ މާތްރަސްކަލާނގެ ދެއްވި ޚާއްޞަ ނިޢުމަތެކެވެ. އެކަލާނގެ އޭނާ ބިމުން އަރްޝީއާ ހަމައަށް އުފުއްލެވީއެވެ. އޭނާ ހިތާހިތުން ޝުކުރުކުރަމުން ފެންވަރާ ކޮޓަރިއަށް ހިނގައްޖެއެވެ. ކުޑަ އިރުކޮޅަކަށްފަހު އޭނާ ފެންވަރައިގެން ޑްރެސިންގރޫމަށް އަތުވެއްޖެއެވެ.
ޑްރެސިންގރޫމުގައި އެތައްވައްތަރެއްގެ ހެދުން ކޮނޑުތަކުގައި އެލުވާލާފައި ހުއްޓެވެ. މެކްސީތަކާއި ޖީންސްތަކެވެ. ބްލައުޒްތަކާއި ސާޅިއެވެ. އަދިވެސް އެތައްއެތައް ޤައުމެއްގެ ހެދުން އެތާނގައި ހުއްޓެވެ. މިއީ ހައްތާވެސް އޭނާ އައުމުގެ ކުރީގައި ޖަލާލީ ގަނެފައިވާ ތަކެއްޗެވެ. ފައުޒިއްޔާއަށް ފޯނުކޮށް އޭނާ ހުރިހާކަމެއް ހަމަޖައްސާފައިވެއެވެ.
ޖަޔާގެ ފޮށްޓާއި ދަބަސްވެސް އަލަމާރީގެ ތިރީބައިގައި ބަހައްޓާފައި ހުއްޓެވެ. އޭނާ ފޮށި ނެރެފިއެވެ. އަދި އެފޮށިން ފެހިކުލައިގެ ވަރަށްރީތި ހެދުމެއް ނަގައިފިއެވެ. އޭގައި ވަރަށް ރީތިކޮށް ޖަރީކޮށްފައިވާ ކުރެހުމެއްވެސް ހުއްޓެވެ.
ހެދުން ބަދަލުކޮށްލައިގެން އޭނާ ޑްރެސިންގ ޓޭބަލާ ދިމާއަށް އެނބުރިލިއެވެ. ހުރިހާ ވައްތަރެއްގެ މޭކަޕްސާމާނު އެތާނގައި ހުއްޓެވެ. އޭނާ ނުވެސްދަންނަ ވައްތަރު ވައްތަރުގެ އެއްޗެހިވެސް ހުއްޓެވެ. މިވަގުތު އޭނާ އެހާބޮޑަށް މޭކަޕްކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން އާދައިގެ މޭކަޕެއް ކުރިއެވެ. ފުނާއަޅައިގެން ކުޑަކޮށް ސްޕްރޭ ކޮށްލިއެވެ. ދެން އެނބުރި ބެޑްރޫމަށް އަތުވެއްޖެއެވެ. މިސިޒް ހެރަލްޑް އޭނާގެ އިންތިޒާރުގައި ކޮޅަށް ހުއްޓެވެ. އޭނާ އައުމުން ވަރަށް ލޯބިވެތި ނަޒަރަކުން ބަލާލިއެވެ.
[ވަރަށް ރީއްޗެވެ. ވަރަށް ލޯތްބެވެ.] އޭނާ ސާފުބަހުން ބުންޏެވެ.
[ޝުކުރިއްޔާއެވެ.] ޖަޔާ ހިނިތުންވެލިއެވެ.
[އަންނާށެވެ.]
[ކޮންތާކަށް ހެއްޔެވެ؟]
[ބަދިގެއަށެވެ. އެމެރިކާ ވައްތަރަށް ނާސްތާ ތައްޔާރުކޮށްފައި ހުންނާނެއެވެ. ޖަޔާއަށް ރަނގަޅުވާނެ ކަމުގައި އުއްމީދު ކުރަމެވެ.]
[ހިނގާށެވެ.]
މިސިޒް ހެރަލްޑާއެކު އޭނާ ބެޑްރޫމުން ނުކުމެއްޖެއެވެ. ދޫލައަޅާފައިވާ ދެތިން ސިޑިން ފޭބުމަށްފަހު އެހެން ކޮޓަރިއަކަށް އާދެވިއްޖެއެވެ. މިއީވެސް ވަރަށްރީތި ތަނަވަސް ކޮޓަރިއެކެވެ. ދޫލައިގެ ބޯކަމުން ހީވަނީ އިސްޕަންޖް ގަނޑެއް ހެންނެވެ. ފައި އަޅާލާ އިރަށް ގަނބައިގެން ދެއެވެ. މިއީ ލިވިންގރޫމެވެ.
މިސިޒް ހެރަލްޑް ކަނާތް ފަރާތުގައި ހުރި ދޮރާ ދިމާއަށް ޖެހިލިއެވެ.
ޖަޔާ މިކޮޓަރީގެ ރީތިކަމަށް ބަލަހައްޓައިގެން އެހުރިގޮތަށް ހުރީއެވެ. ފިޔާތޮށި ކުލައާއި މަޑު ނޫކުލައަކީ ވަރަށް ގުޅޭ ދެކުލައެވެ. މަތީގައި އެލުވާފައިވާ ބާސްކެޓް ތަކުގައި މާގަސްތައް އިންދާފައިވެއެވެ. މަލަކީ މަސްނޫޢީ މަލެވެ. އެކަމަކު ހީވަނީ ހަމަ ޙަޤީޤީ މާތަކެއް ހެންނެވެ. ހިލައިން ބިންވަޅުނަގާ ހަދާފައިވާ މޭޒުމަތީ ބައްތިތައްވެސް އެހާމެ ރީއްޗެވެ. އެއީ އިހުޒަމާނުގެ ގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. މިގޮތުން ކޮންމެ އެއްޗަކީވެސް ސަމާލުކަމެއް ދެވޭ އެއްޗެކެވެ.
މިސިޒް ހެރަލްޑް ދޮރުހުޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ.
އަދި..........
ޖަޔާ ކޮޓަރީގެ ރީތިކަމަށް ބަލަންހުރެފައި ހިނގައި ގަންނަން ތައްޔާރު ވެލިއެވެ.
ހަމައެވަގުތު ބިއްލޫރި ދޮރާދިމާއަށް އޭނާގެ ނަޒަރު ހުއްޓިއްޖެއެވެ. ކޮޓަރިތެރެ މާއައްޔެއްނޫނެވެ. ދޮރުފޮތިގަނޑު ދަމާލާފައި ހުއްޓެވެ..... ކޮންމެވެސް މީހަކު ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަނީއެވެ.
ހަމަ އޭނައެވެ...... އޭނައެވެ.
ރޭގެ މޫނެވެ.... ބިރުވެރި މޫނެވެ. ފުރޭތައެއް ކަހަލަ މޫނެވެ. ހަމަގައިމުވެސް އެއީ ރޭގައި އެފެނުނު ފުރޭތައެވެ.
ޖަޔާއަށް ހަޅޭއްލަވައި ގަނެވުނެވެ. އަދި ބިރުންހުރެ މިސިޒް ހެރަލްޑްގެ ފަހަތުން ދުއްވައިގެންފިއެވެ. ހެރަލްޑް އެނބުރި ބަލާލިއެވެ.
[އެއީ......... އެއީ..........] ޖަޔާއަށް ވާހަކަވެސް ނުދެއްކުނެވެ. ދެލޯ ބޮޑުވެއްޖެއެވެ. މޫނުމަތީގެ ކުލަ ތަޣައްޔަރު ވެއްޖެއެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ.
މިސިޒް ހެރަލްޑް އޭނާ ގާތަށް ލަފާލިއެވެ.
[ކިހިނެއްވީހެއްޔެވެ..........؟]
[އަސްތާއެވެ.........] މިސިޒް ހެރަލްޑް ލޯތްބާއެކު ބުންޏެވެ. [ޖަޔާ ތިހިރީ ހިތްބިރު ގެންފައެވެ. މިތާކު އެއްވެސް ފުރޭތައެއް ނެތެވެ.]
[އެބައުޅެއެވެ...... ޚުދް އަހަރެން ދުށީމެވެ......... ކޮންމެވެސް ބިރުވެރި އެއްޗެކެވެ. ފުރޭތައެކެވެ.] އޭނާ ހުއްޓަ ހުއްޓާފައި ވާހަކަ ދައްކަމުން މިސިޒް ހެރަލްޑްގެ ގައިގައި ތަތްވަމުން ދިޔައެވެ.
މިސިޒް ހެރަލްޑް ފަރުވާތެރި ކަމާއިއެކު އޭނާގެ ތުރުތުރުއަޅާ ހަށިގަނޑު ގެނެސް ގަޔާލާ ހިފަހައްޓާލިއެވެ. [އެއްވެސް މީހަކު ނެތެވެ. މިވަގުތު މިގޭގައި އަހަރެމެން ދެމީހުން ފިޔަވާ އެހެން އެކަކުވެސް ނެތެވެ. ހިނގާށެވެ. އިށީންނާށެވެ.] އޭނާ ބޮޑުގޮނޑިއެއްގައި ޖަޔާ ބައިންދައިފިއެވެ. އަދި ފެންތައްޓެއް ބަލާ ހިނގައްޖެއެވެ..... ބަދިގެ ދޮރު ހުޅުވާ ނުލެވެނީސް އަނެއްކާވެސް މިފަރާތަށް އެނބުރެން ޖެހުނެވެ.
[މިސިޒް ހެރަލްޑްއެވެ.] ޖަޔާ ހަމަ އަވަހަށް ބާރަށް އޭނާގެ ގައިގައި ހިފައިގަތެވެ.
[ކީކޭހެއްޔެވެ............] ޖަޔާގެ މިޙަރަކާތާމެދު އޭނާގެ ގާތަށް ހިނި އަތުވެއްޖެއެވެ.
[އެއްވެސް ތާކަށް ނުދާށެވެ.]
[މިދަނީ ފެންތަށްޓެއް ބަލައެވެ.]
[ނޫނެކެވެ.]
[ފެންފޮދެއް ބޯލަނިކޮށް ތިޔަ ހުރިހާކަމެއް ރަނގަޅު ވެދާނެއެވެ.]
[ނޫނެކެވެ. މިސިޒް ހެރަލްޑްއެވެ. އަހަރެން އެކަނި ނުކުރާށެވެ. އަހަރެން ވަރަށް ބިރުގަނެއެވެ. އެތާނގައި ކޮންމެވެސް މީހަކު ހުރިކަން ގައިމެވެ.]
[ތިޔައީ ހަމަވަހުމެވެ. އެހެން އެއްކަމެއްވެސް ނޫނެވެ. ހުރިހާ ދޮރެއް އެހެރީ ލައްޕާފައެވެ.]
[އެހަރަ ދޮރު ހުޅުވެނިކޮށް އަހަރެންގެ ލޮލުން ދުށީމެވެ. އަދި ......... އަދި........]
[މަޑުކޮށްލާށެވެ. އަހަރެންގޮސް ބަލާލާނަމެވެ. އޭރުން ހިތްހަމަޖެހިދާނެ ނޫންހެއްޔެވެ.]
ޖަޔާ ގޮނޑީގައި ލެނގިލައިގެން އިނދެ ފުންކޮށް ނޭވާލާން ފަށައިފިއެވެ. މިސިޒް ހެރަލްޑް ދިއުމުން އަނެއްކާވެސް އޭނާގެ ހިތްތެޅެން ފަށައިފިއެވެ. މިހާރު އޭނާ އެއިނީ ބަދިގެއާ ޖެހިގެންހުރި ކޮޓަރީގައެވެ.
ލޯބޮޑުކޮށްގެން އިނދެ އޭނާ ދޮރުތަކަށް ބަލަމުން ގެންދިޔައެވެ. ހީވަނީ ހަމަދެންމެދެންމެ ތެދުވެގެން ދުއްވައިގެންފާނެ ހެންނެވެ. ސިހިފައެވެ. ނުވަތަ ކޮންމެވެސް އެއްޗެއް ފެނިފައެވެ.
**********************
[މިސިޒް ޖަލާލީއެވެ. ތިޔައީ ހަމަ ޙަޤީޤަތުގައިވެސް ވަރަށްފިނޑި ކުއްޖެކެވެ. އަހަރެން މުޅިގެ ބަލައިފީމެވެ. އެއްވެސް މީހަކު ނެތެވެ. އަހަންނަށް ހީވަނީ ތިހިރީ ހިތްބިރު ގެންފައި ހެންނެވެ.]
ޖަޔާ ގޮނޑިން ތެދުވެއްޖެއެވެ. އޭނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. [ޚުދް އަހަރެންގެ ލޮލުންދުށީމެވެ.]
[މީހެއްހެއްޔެވެ.]
[ހީވަނީ މީހެއް ހެންނެވެ.]
މިސިޒް ހެރަލްޑް ހީލިއެވެ. އަދި ޖަޔާގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.
[ކަނޑައެޅިގެން ވަކި އެއްޗެއް ނޭނގޭއިރު ބިރުގަތުމަކީ މާނައެއްނެތް ކަމެކެވެ.]
[ކޮޓަރި މާކަ އައްޔެއް ނޫނެވެ. ފަރުދާހުރީ ވައްޓާލާފައެވެ. އެހެންކަމުން ވަކި އެއްޗެއް ނޭގުނީއެވެ.]
ޖަޔާއަށް ދިރުމެއް އަތުވެއްޖެއެވެ. މިހާރު އޭނާގެ ހިތުގައި އެއްވެސް ބިރެއްނެތެވެ.
[ހިނގާށެވެ.] މިސިޒް ހެރަލްޑް ލޯތްބާއެކު އޭނާގެ އަތުގައި ހިފައިފިއެވެ. [އަހަރެން މިހެން ހުއްޓާ ބިރުގަތުމުގެ އެއްވެސް ބޭނުމެއްނެތެވެ. ހިނގާށެވެ. ބަދިގެ ދައްކާލާނަމެވެ..... ނާސްތާ ކުރާނީ ބަދިގޭގައެވެ. ވަރަށްމީރު އެއްޗެއް ތައްޔާރު ކޮށްފައި ހުންނާނެއެވެ.]
ޖަޔާ އޭނާއާއެކު ބަދިގެއަށް އަތުވެއްޖެއެވެ. ހެނދުނުގެ ނާސްތާއަށް ހުރީ އޭނާ ނުވެސް ދަންނަ އެއްޗެކެވެ.
ގެއާއި އެއްފަދައިން ބަދިގެވެސް ވަރަށް ރީތިވެފައި ފުރިހަމައެވެ. ތަނުގެ ކުލައަކީ މަޑު ރީނދޫ ކުލައެވެ. އަދި ހުރިހާ އެއްޗެއްގެ ކުލައަކީވެސް މަޑު އަދި ގަދަ ރީނދޫ ކުލައެވެ. ފުރިޖާއި ސިންކް އަދިވެސް މިފަދަ ހުރިހާ އެއްޗެއްގައިވެސް ހުރީ މަޑު ރީނދޫކުލައެވެ. ބަދިގެ ފުދޭވަރަކަށް ތަނަވަހެވެ. އެއްކުޑަދޮރު ފަރުބަދައިގެ ސިލްސިލާއަކާ ދިމާއަށް ހުޅުވިފައި ހުއްޓެވެ. މަލުން ފުރިފައިވާ ގަސްތައް ލޮލުކޮޅަށް ފެންނަ ހިސާބަށް ދެމިފައިވެއެވެ. ވަރަށް ހިތްފަސޭހަ މަންޒަރެކެވެ.
ކުޑަދޮރާއި ދިމާއަށް މޭޒު ބަހައްޓާފައި ހުއްޓެވެ. އަދި އެމޭޒުމަތީގައި ގޮޅިޖެހި ބޮޑުރުމާލެއް އަޅާފައި އޮތެވެ. އިސްޕަންޖް ޖެހި ހަތަރުގޮނޑި މޭޒުގެ ހަތަރު ފަރާތުގައި ބަހައްޓާލާފައި ހުއްޓެވެ. މިސިޒް ހެރަލްޑް ބަދިގޭގައި މަލުގެ ގުލްދަސްތާ އެއްވެސް ބަހައްޓާލާފައި ހުއްޓެވެ.
[އިށީންނާށެވެ..........] އޭނާ ޖަޔާ ގާތުގައި ބުންޏެވެ. އަދި ޚުދް އޭނާ ތަށިތައް ބަހައްޓާފައިހުރި އަލަމާރިއާ ދިމާއަށް އެނބުރިލިއެވެ. ޖަޔާ ދުވާލުގެ ރަން އަލިކަމުގެ ތެރޭގައި ބަދިގޭގެ ހުރިހާ އެއްޗަކަށް ވަކިވަކިން ބަލަން ފަށައިފިއެވެ.
މިސިޒް ހެރަލްޑް ނާސްތާ ތައްޔާރުކުރަން ފަށައިފިއެވެ. ޖަޔާ އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ.
މިސިޒް ހެރަލްޑް އަވަނުން ތަށިނެރެފިއެވެ. ތަށިހުރީ ހިހޫވެފައެވެ. އެކަމަކު އަޅާފައިއޮތް ޗީޒް އޮމްލެޓް އަދިވެސް ހޫނެވެ.
ޖަޔާ ޙައިރާން ކަމާއެކު ބަލާލިއެވެ.
[ތަށި ހޫނެއް ނޫން ހެއްޔެވެ؟] ޖަޔާ ތަށީގައި އަތްޖައްސާލިއެވެ. ދެން ބިސްގަނޑުގައި އިނގިލި ޖައްސާލިއެވެ.
މިސިޒް ހެރަލްޑް ހިނިތުންވެލާފައި ބުންޏެވެ. [މިއީ މައިކްރޯވޭވް އަވަނެކެވެ. ކިރުތަށްޓެއް ބެހެއްޓިއަސް ތަށީގައި އެއްވެސް ހޫނުކަމެއް ނުހުންނާނެއެވެ. ބޮކިޖަހާ ކެކޭނީ ކިރެވެ.]
[ހަމަ ރަނގަޅަށް ހެއްޔެވެ؟]
[އާއެކެވެ.]
[ތިޔައީ އަދި އަހަންނަށް ހަމަ އާކަމެކެވެ.]
[ޖަޔާއަށް ވަރަށް އާކަންތައްތައް ހުންނާނެއެވެ. ޚާއްޞަކޮށް ރިމޯޓްކޮންޓްރޯލް އެއްޗިއްސަކީ ޖަޔާ ވަރަށް ޙައިރާން ކުރުވާނެ އެއްޗިއްސެވެ.]
ޖަޔާ ޙައިރާންކަމާއި ޝައުގުވެރި ކަމާއެކު އޭނާގެ ވާހަކަތައް އަޑުއަހަން ފަށައިފިއެވެ. އޭނާ ބަދިގޭގައިވާ ކޮންމެ އެއްޗަކާ ބެހޭގޮތުން ތަފްޞީލްކޮށް ކިޔާދިނެވެ.
[މިއީ ގޭސް އަވަނެވެ. ކަރަންޓުންވެސް ބޭނުން ކުރެވޭނެއެވެ. މީގައި މިހިރަ ފިތްތަކަކީ ތަފާތު ކަންކަމަށް ހުރި ފިތް ތަކެކެވެ. މިއީ އޮޓަމެޓިކަށް ބަދަލުކޮށްލާ ބައެވެ.]
މިސިޒް ހެރަލްޑް ޖަޔާއަށް ބުނެދެމުން ގެންދިޔައެވެ. ޖަޔާ ފޯރިއާއެކު އެއްޗެތީގައި އަތްޖައްސާ ބަލަމުން ގެންދިޔައެވެ.
[މިއީ ތަށިދޮންނަ މެށިނެވެ. މިއަށް ތަށިތައް އަޅާލާފައި ކުޑަ ދޮންނަ ޕައުޑަރކޮޅެއް އަޅާލާފައި އޯން ކޮށްލުމުން ދޮވެވިގެން އަމިއްލައަށް ފެން ހިއްކާލައެވެ.]
[މިއީ މިކްސްޗަރއެވެ.]
[މިއީ ޓޯސްޓަރއެވެ.]
އޭނާ އެކި އެއްޗެހި ވަކިވަކިން ތަފްޞީލްކޮށް ނަމާއެކު ބުނެދެމުން ގެންދިޔައެވެ.
[ބައެއް އެއްޗެހި ހީވަނީ ޖާދޫގެ އެއްޗެހި ހެންނެވެ. މިހިރަ މައިކްރޯ އަވަނަކީވެސް ހަމައަޖައިބެއް ކަހަލަ އެއްޗެކެވެ.] ޖަޔާ ގޮނޑީގައި އިށީންނަމުން ބުންޏެވެ.
[ނާސްތާއަށްފަހު ޖަޔާއަށް މުޅިގެ ދައްކާލާނަމެވެ.]
[ރަނގަޅެވެ.]
މިސިޒް ހެރަލްޑް ނާސްތާ ތައްޔާރު ކޮށްފިއެވެ. އޭނާކިހާ އަޖައިބު ވާނެތޯއެވެ. ބޭރު ޤައުމެއްގެ އަންހެނަކު އޭނާގެ ކުރިމަތީގައި އަދަބާއެކު މަސައްކަތް ކުރަނީއެވެ. އޭނާގެ ޚާދިމާގެ ގޮތުންނެވެ.
އެމެރިކަން އަންހެނެކެވެ.
ޕާކިސްތާނުން އެމެރިކާގެ އަންހެނުން ފެނުމުން ތިމާގެ ނިކަމެތިކަން ޖަޔާއަށް އިޙްސާސް ކުރެވެއެވެ. މިމީހުންނަކީ އޭނާގެ ނަޒަރުގައި ވަރަށް މަތިވެރި ބައެކެވެ.
އެކަމަކު............ މިހާރު............
އެމީހުން އެތިބީ އޭނާގެ ޚިދްމަތުގައެވެ.
ޖަޔާއަށް މިހާރު ލިބިފައި އެވަނީ ޢިއްޒަތްތެރިކަން ހެއްޔެވެ. އޭނާ ނަސީބުގެ މައްޗަށް ފަޚުރުވެރިވާން ފަށައިފިއެވެ. އޭނާއަށް މިކަހަލަ ނިޢުމަތްތަކެއް ލިބިދާނެކަމަށް ޚުދް އޭނާ ނުވަތަ އޭނާގެ ޤަބީލާގެ މީހުން ފަހަރެއްގައިވެސް ވިސްނާފައެއް ނުވެއެވެ. މިހާރު މިއޮތީ ދަރަޖަ މަތިވެރިވެފައެވެ. މިހުރިހާކަމެއް މިއޮތީ އޭނާގެ އިޚްތިޔާރުގެ ދަށުގައެވެ. އެމީހުންގެ އެއްވެސް އެހީއަކާއި ނުލައި ބޭރު ޤައުމެއްގައެވެ.
[ޖަލާލީ...........] ޖަޔާ މަޑުމަޑުން ބުނެލިއެވެ. މިހާރު އޭނާގެ ސިހުން ވަރަށް ކުޑަވެއްޖެއެވެ. އަދި ވަރަށް ހިތްވަރު ކޮށްލާފައި ސުވާލުކުރިއެވެ. [ޖަލާލީ ދުރުވާނީ ކޮންއިރަކުން ހެއްޔެވެ؟]
އޭނާގެ ލޮލުގައި ޝައުގުވެރިކަމާއި އުއްމީދުގެ ބައްތިތައް ދިއްލިގެން ދިޔައެވެ. މޫނުމަތީގައި ވަރަށްރީތި ލަދުވެތި ހިނިތުންވުމެއް އެކުލެވިފައިވެއެވެ.
މިސިޒް ހެރަލްޑްގެ ހިތް ޑަންޑަންލާފައި ތެޅިގަތެވެ........ އޭނާ ކުޑަކޮށް ހާސްވާގޮތް ވެއްޖެއެވެ. އެކަމަކު ހީނލާފައި ބުންޏެވެ. [ހީވަނީ މިއަދު ދުރުވާނެ ހެންނެވެ.]
ޖަލާލީއާއި ބެހޭގޮތުން އެތައް ބައިވަރު ސުވާލުތަކެއް ކޮށްލުމަށް ޖަޔާގެ ހިތަށް އެރިއެވެ. އެކަމަކު ލަދުވެތިކަން އެކަން މަނާ ކޮށްލިއެވެ. މިސިޒް ހެރަލްޑް އޭނާގެ ހިތުގައިވާ އެއްޗެއް ދެނެގަތީ ކަންނޭގެއެވެ. އެހެންކަމުން އޭނާގެ ޚިޔާލު އެހެން ދިމާއަކަށް އަނބުރާލުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި ދެކެފިއެވެ. އޭނާ އަވަސް އަވަހަށް ބުންޏެވެ.
[ހަދާނީ ކޮންކަހަލަ ސައެއް ހެއްޔެވެ.]
[އަހަންނަކީ ހޫނުސައި ބުއިމަށް އާދަވެފައިވާ މީހެކެވެ......] ޖަޔާ ބުންޏެވެ. އެއާއިއެކު އަމިއްލަ ގޭގެ ބަދިގޭގެ މަތިން ހަނދާން ވެއްޖެއެވެ. ފަތިހު ފަތިހާ މަންމަ ނުވަތަ ތާނޫ ދައްތަ ތެޔޮ އުނދުން މައްޗަށް ސައިކުރާ އުދައެވެ. އެމީހުން ކައްކަނީ ސައިފަތާއި ކިރާއި ހުރިހާ އެއްޗެއް އަޅައިގެންނެވެ. އެންމެ ފުރަތަމަ މީހާއިން ފެށިގެން އެންމެ ފަހުމީހާއާއި ހަމައަށްވެސް ކުރާ ހުންނަނީ އުނދުން މަތީގައި ކެކިކެކިއެވެ. އެހެންކަމުން ސައިގެ ކުލައާއި ރަހައަށްވެސް ބަދަލު އައިސްފާވެއެވެ.
ޖަޔާ ނާސްތާކުރަން ފަށައިފިއެވެ. ވަޅިއާއި އުލުން ކާން އޭނާއަށް އެނގޭނީ ކިހިނެއްތޯއެވެ. އެކަމަކު ބިރުންއިނދެ އެއްޗެތިން ބޭނުންކުރަން ފަށައިފިއެވެ. އަނެއްކޮޅުން މިސިޒޒް ހެރަލްޑް ވަރަށް ލޯތްބާއެކު ދަސްކޮށްދެމުންވެސް ދިޔައެވެ.
ނާސްތާއަށްފަހު މިސިޒް ހެރަލްޑް ޖަޔާ ގޮވައިގެން ލިވިންގރޫމަށް އަތުވެއްޖެއެވެ. ޖަޔާ ޝައުޤުވެރި ކަމާއެކު ކޮންމެ އެއްޗަކަށްވެސް ބަލަމުން ގެންދިޔައެވެ. ދެ އަޑުފޮށިލީ ރީތި ސްޓީރިއޯސެޓް އޭނާއަށް ވަރަށް ކަމުދިޔައެވެ. މިފާޑަކަށްދާ ސެޓެއް ސޯފިޔާގެ ގޭގައިވެސް ހުރެއެވެ. އެއީ އޭނާގެ ފިރިމީހާ ޑުބާއީއިން ގެނައި އެއްޗެކެވެ. ރިކޯޑް ޕްލޭއަރ، ރޭޑިއޯއާއި ކެސްޓް ޕްލެއަރގެ އިތުރުން އޭގައި ގަޑިއެއްވެސް ހުރެއެވެ. ތަފާތު ވައްތަރު ވައްތަރުގެ ލަވައިގެ ރެކޯޑިންގ، ހަރެއްގައި ބަހައްޓާފައި ހުއްޓެވެ. ކެސެޓް ޓޭޕްވެސް ފުދޭވަރަކަށް ހުއްޓެވެ. މިސްޓޭންޑަކީ ވަށްކޮށް ހަދާފައިވާ އެއްޗެކެވެ. ފަސޭހަކަމާއިއެކު އެ ސްޓޭންޑް ބޭނުން ދިމާއަކަށް އަނބުރާލެވެއެވެ.
މިތަން ފެނުމުންވެސް ޖަޔާ ޙައިރާންވެގެންގޮސް ތުނބަށް އިނގިލި ހަރައިފިއެވެ. އެކަމަކު އޭނާ ފިސާރި ރީތިގޮތަކަށް އެކަން ފޮރުވިއެވެ. މިސިޒް ހެރަލްޑްގެ ކުރިމަތީގައި ޙައިރާންކަން ފާޅުކުރުމަކީ އޭނާއަށް މާކަރަނގަޅު ކަމެއްނޫނެވެ.
އެކަމަކު..........
ޙައިރާންވުމަކީ ޤުދުރަތީ ކަމެކެވެ. ހިތްވަރުކޮށްގެން ހުއްޓާވެސް ދެލޯ ބޮޑުވެއްޖެއެވެ. އަނގައިން ޙައިރާންކަމުގެ އަޑެއް ނުކުތެވެ. އަދި އެއަޑު ތުންފަތަށް ފެތުރިއްޖެއެވެ...... އޭނާ ހެރަލްޑާއެކު ދަމުން ސުވާލުކުރަން ޖެހުނެވެ.
[މިވީ ކިހިނެއްހެއްޔެވެ.]
މިސިޒް ހެރަލްޑް ހިނިތުން ވެލަމުން ބުންޏެވެ. [މިފަހަރަކު އެއްވެސް ބަޓަނަކަށް ނުފިތަމުއެވެ. އެކަމަކު ކުރިމަތީގައި ހުރިދޮރު އަމިއްލައަށް އެތެރެއަށް ވަނީއެވެ. ކުރިމަތިން ޑައިނިންގ ހޯލް ފެންނަން ފެށީއެވެ.]
ޖަޔާގެ ހައިރާންކަމުގެ މައްޗަށް ހިނިތުންވަމުން ފަޚުރުވެރި ރާގަކަށް ހެރަލްޑް ބުންޏެވެ.
[މިފަރާތަށް އަންނާށެވެ.] އޭނާއާއެކު ޖަޔާ ތަންކޮޅަކަށް ހިނގާފައި އަތުވެއްޖެއެވެ.
ޖަޔާ ހަމަ އަޖައިބު ވެއްޖެއެވެ. ބިއްލޫރި ބޮޑު ފާރު ކެހިގެންގޮސް ރާނާފައިހުރި ބިތްގަނޑުގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. މިހުރިހާކަމެއް މިވަނީ އަމިއްލައަށެވެ.
ޖަޔާ އެނބުރިލާފައި މިސިޒް ހެރަލްޑާ ދިމާއަށް ބަލާލިއެވެ. އޭނާ އަތަކު އެކައްޗެއްވެސް ނެތެވެ.
[މިއީ ކޮންކަމެއްހެއްވެ.........؟] ޖަޔާ ސުވާލުކުރިއެވެ.
[ދެން މައްޗަށް ހިނގާށެވެ.] މިސިޒް ހެރަލްޑް އޭނާގެ އަތުގައި ހިފައިގެން ކުޑަކުޑަ ސިޑިއަކުން މައްޗަށް އަރައިފިއެވެ. އެސިޑީގައިވެސް ހުރީ ބޯ ދޫލަ އަޅާފައެވެ. މިއީ ވަށްކޮށްހުރި ކޮޓަރިއެކެވެ. ގާތްގަނޑަކަށް ހުރިހާ ފާރެއްވެސް ހުރީ ބިއްލޫރިންނެވެ........
ތަފާތު ވައްތަރު ވައްތަރުގެ އެއްޗެހިތައް ހުރުމުން މިކޮޓަރި ނާޖިޔާއަށް ވަރަށް ކަމުދިޔައެވެ. އޭނާ ވަރަށް ފޯރިއާއެކު ކޮންމެ އެއްޗަކަށް ވަކިވަކިން ބަލަން ފަށައިފިއެވެ. މިސިޒް ހެރަލްޑް ހުރިހާ ފަރުދާއެއް ކަހާލައިފިއެވެ.
ކުއްލިއަކަށް ކޮޓަރި އެނބުރެން ފަށައިފިއެވެ.
ޖަޔާއަށް ހީވީ ޒަލްޒަލާއެއް އައީ ކަމުގައެވެ. އޭނާ ހަޅޭލަވައި ގެންފައި ހެރަލްޑްގެ ގައިގައި ހިފާ އޮޅުލައި ގެންފިއެވެ. އެވަގުތު އޭނާހުރީ ފަޚުރުވެރި ކަމާއެކު ހީނލަ ހީނލައެވެ.
[މިސިޒް ޖަލާލީއެވެ. މިއީ ލިވިނގްރޫމެވެ.] ހެމުން ޖަޔާ ގާތުގައި އޭނާ ބުންޏެވެ. [މިތާނގައި އިށީންނާށެވެ.] އޭނާ ވަރަށް ތިރިކޮށްހުރި އަރާމު ގޮނޑިއަކާ ދިމާއަށް އިޝާރާތްކުރަމުން ބުންޏެވެ. [ބޭރުގެ މަންޒަރުތަކަށް ބަލާލަބަލާށެވެ. ބޭނުން މަންޒަރަކާ ދިމާއަށް ކޮޓަރި ހުއްޓާވެސް ލެވިދާނެއެވެ.]
[މިސިޒް ހެރަލްޑެވެ. އަހަރެން މޮޔަވެދާނެއެވެ.] ޖަޔާ ހެމުން ބުންޏެވެ. [ހީވަނީ މިއީ ޖާދޫގެ ގަނޑުވަރެއް ހެންނެވެ.]
[އާނއެކެވެ.......... ތިޔަ ބުނީ ތެދެކެވެ..... ޖާދޫގެ ގަނޑުވަރެއްގައިވާ ހުރިހާ އެއްޗެއް މިގަނޑުވަރުގައި އެބަހުއްޓެވެ.] މިސިޒް ހެރަލްޑް މިހެން ބުނުމާއެކު މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ.
ކުރިމަތިވަމުން އަންނަ މަންޒަރުތައް ދެކެފައި ޖަޔާ މަޖާވެފައި އިނެވެ. ހަމައެއާއެކު އޭނާގެ ގޭގެމަތިންވެސް ހަނދާންވާން ފަށައިފިއެވެ. ހަލާކުވެ ވީރާނާވެފައިވާ ގެއެކެވެ.
އޭނާއަށް އާދެވިފައި މިވަނީ މިދުނިޔޭގެ ސުވަރުގެއަށް ބާވައެވެ؟
އޭނާ ޔަޤީންކަން ކުޑަގޮތަކަށް ވިސްނާލިއެވެ.
އޭނާއަށް ލިބިފައިވާ ނަސީބާއިމެދު ޔަޤީން ނުކުރެވޭ ކަހަލައެވެ.
އަނެއްކާވެސް މިސިޒް ހެރަލްޑް ޖަޔާގޮވައިގެންގޮސް ތަފާތު ތަންތަން ދައްކަން ފަށައިފިއެވެ. ހުރިހާ ތަނެއްވެސް ޖަޔާއަށް ވަރަށް ރީއްޗެވެ. ހިތްގައިމު ނޫން އެކައްޗެއްވެސްނެތެވެ. ކޮންމެ އެއްޗަކީވެސް ޙައިރާންކަމުން ފުރިފައިވާ އެއްޗެކެވެ.
ޖަޔާ ކުދިކުދި ސުވާލުވެސް ކުރަމުން ދިޔައެވެ........ ބީރައްޓެހިކަން ފޮހެލުމަށްޓަކައި މަޢުލޫމާތަކީވެސް ބޭނުން އެއްޗެކެވެ.
[ބަޓަނަށް އޮބާލުމުން މަސައްކަތް ކުރާގޮތް މިހާރު ވިސްނިއްޖެއެވެ. އެކަމަކު ޑްރޯއިންގރޫމް ކުރިމައްޗަށް އައުމާއިއެކު އެއްފަރާތަކަށް ފާރުކެހިގެން ދިއުމާ އަދި ކޮޓަރި އެނބުރެން ފެށުމަކީ ކިހިނެންވާ ކަމެއްހެއްޔެވެ.]
މިސިޒް ހެރަލްޑް އަނެއްކާވެސް އޭނާ ގޮވައިގެން ސިޓިންގރޫމަށް އަތުވެއްޖެއެވެ.
[ކުރިމަތީގައި އެހަރަ ކުޑަދެބޮކި ފެނޭނޫންހެއްޔެވެ.] އޭނާ ދޮރުގެ މަތީ އޮޅިއާ ދިމާއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
[އާނއެކެވެ.]
[ހުރިހާ ސިއްރަކީ އެއީއެވެ.]
[އެއީ ކިހިނެއްވާ ކަމެއްހެއްޔެވެ؟]
[އަހަރެމެން އެބޮކީގެ ހިޔަންޏަށް އެރުމުން ދޮރުހުޅުވެން ފަށައެވެ. ހަމައެގޮތަށް ބިއްލޫރި ބިއްގަނޑުގެ މަތީގައިވެސް ކުޑަކުޑަ ދެބޮކި ހަރުކޮށްފައި ހުންނާނެއެވެ.
[އަޖައިބެއް ކަހަލަ ކަމެކެވެ.]
[މިއީ ހައްތާވެސް ރިމޯޓްކޮންޓްރޯލެވެ. އިލެކްޓްރޯނިކްސްގެ ރޮނގުގައި އަހަރެމެންގެ ސައިންސްވެރިން ވަރަށް ފުރިހަމަ ވަނައެއް ހޯދައިފިއެވެ.]
[އާނއެކެވެ.]
އެމީހުން ވާހަކަ ދައްކަމުން ލިވިންގރޫމަށް އަތުވެއްޖެއެވެ.
ފޯނުގެ ރަނގަބީލު ވެއްޖެއެވެ. މިސިޒް ހެރަލްޑް ކުރިއަށް ޖެހިލާފައި ފޯނު ނަގައިފިއެވެ. ވާހަކަތަކެއް ދެއްކުމަށްފަހު އޭނާ ޖަޔާ ގާތުގައި ބުންޏެވެ. [މިސިޒް ރަފީޤެވެ. ޖަޔާއާ ވާހަކަ ދައްކާލަން ބޭނުންވަނީއެވެ.]
ޖަޔާ ޖެހިލުންވެހުރެ ފޯނު އަތްގަނޑުގައި ހިފައިފިއެވެ. އޭގައިވެސް ޙައިރާން ކުރުވާފަދަ ފިތެއް ހުރެދާނެ ކަމުގައި ހީކޮށްފައެވެ.
ފައުޒިއްޔާ ވާހަކަ ދައްކަމުން ދިޔައެވެ. އެއްނޭވާގެ ތެރޭގައި އޭނާ އެތައް ވާހަކައެއް ދައްކައިފިއެވެ. އެތައް ސުވާލެއް ކޮށްފިއެވެ.
[ރޭގައި އަހަރެން ސޯފިޔާއަށް ގުޅީމެވެ. ޖަޔާމެންގެ ގެއަށް ޚަބަރުދާނެ ކަންނޭގެއެވެ.] ފައުޒިއްޔާ ބުންޏެވެ.
[ވަރަށް ރަނގަޅެވެ. އަޅުގަނޑުވެސް ތިޔަކަމާމެދު ވިސްނީމެވެ.] ޖަޔާ ބުންޏެވެ.
]ވަރަށް ގިނައިރު ވަންދެން ނިދުނުދޯއެވެ. އަހަރެން ކުރިންވެސް އެއްފަހަރު ފޯނުކުރީމެވެ.]
[ރޭގައި މާރަނގަޅަކަށް ނުނިދުނެވެ.]
[ގެ ބަދަލުވީމާ ދޯއެވެ.]
[އެކަހަލަ ގޮތެއްވީ ނޫންކަމެއްވެސް ނޭނގެއެވެ.]
[މިހާރު ގެ ބަލާލައިފިން ހެއްޔެވެ؟]
[ލައްބައެވެ.]
[ކަމުދިޔަ ހެއްޔެވެ؟]
[ރަނގަޅެވެ. ފައުޒިއްޔާ ދައްތާއެވެ. މިއީ ހައްތާވެސް އަޅުގަނޑުގެ އެއްޗެހި ކަމަކަށް ޔަޤީނެއް ނުކުރެވެއެވެ.]
[ޔަޤީން ނުކުރެވި ދާނެއެވެ. ވިސްނިދާނެއެވެ. ތިޔައީ ހައްތާވެސް ޖަޔާގެ މުދަލެވެ.] ފައުޒިއްޔާ ހީނލާފައި ބުންޏެވެ.
[އެކަމަކު..........]
[ކީކޭ ހެއްޔެވެ............؟]
[އަޅުގަނޑު މިއުޅެނީ އެކަންޏެވެ.]
[އެހެންދޯއެވެ....... ޖަލާލީ އަދިވެސް ނާދޭ ހެއްޔެވެ؟]
[ނުދުރުވެއެވެ.]
[އަތުވެދާނެއެވެ.]
[ކޮންއިރަކުން ތޯއެވެ؟] ޖަޔާ ބުންޏެވެ.
[އިންތިޒާރުގެ ގަޑިތައް ގުނުމަކީ ވަރަށްފޮނި މީރު ކަމެކެވެ. އަދި ބުނަން ހެއްޔެވެ.]
[ކީކޭތޯއެވެ؟]
[ޖަލާލީ، ޖަޔާއަށްޓަކައި ވަރަށްގިނަ ކަންތައްތައް ކޮށްފާވެއެވެ.]
[އަޅުގަނޑު ތިޔަކަން ޤަބޫލުކުރަމެވެ.]
]ޖަޔާވެސް ޖަލާލީއަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ކުރަން ޖެހޭނެއެވެ. ކާވެނީގެ ޙަޔާތް ހިނގަމުންދަނީ އެކަކު އަނެކަކަށް ދިނުމާ އަތުލުމުގެ ފޯމިއުލާގެ މައްޗަށެވެ. ޖަޒުބާތުގައި ނުޖެހޭށެވެ. އިންސާނާ ދެނެގަތުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ބޭރު ފުށުން ފެންނަ އެއްޗަކީ އެއްވެސް އާރެއްނެތް އެއްޗެކެވެ.]
[ކީކޭތޯއެވެ.....] ޖަޔާއަށް އަކެއްޗެއްވެސް ނުވިސްނުނެވެ. އަނެއްކާވެސް ފައުޒިއްޔާ ސީރިއަސްވެފައި ބުންޏެވެ. [މާތްރަސްކަލާނގެ ޖަޔާއަށް ހެޔޮ ނަސީބު ދެއްވާށިއެވެ.]
ޖަލާލީއާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ ބޭނުންކަމެއް ނޫން ކަމުގައި އޭނާ ދެކެނީ ކަންނޭގެއެވެ. ދެވަނަކަމަކީ މިހާރު އޭނާ ދައްކާނެ ވާހަކައެއް ޚުދް އޭނާއަކަށްވެސް ނޭގެއެވެ. ޖަލާލީގެ ސިފައާ ބެހޭގޮތުން ތަފްޞީލުކޮށް އޮޅުންފިލުވާ ދެވިފައި ނުވާކަމެއް އޭނާއަކަށް ނޭގެއެވެ. ޖަޔާގެ މައިންބަފައިން އެކަމާމެދު އެއްވެސް ފަރުވާލެއް ބެހެއްޓި ހެނެއް ހިއެއް ނުވެއެވެ.
އިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށްފަހު ފައުޒިއްޔާ [ޚުދާޙާފިޡް] ބުނުމުން ޖަޔާ ކަންބޮޑުވެފައި ބުންޏެވެ.
[ފައުޒިއްޔާ ދައްތާއެވެ. މިގެއަށް ދުރުވެ ދެއްވަންވީ ނޫންތޯއެވެ.]
[ޖަޔާއެވެ. އަހަރެމެން ހޮނިހިރު ދުވަހު ދާނަމެވެ. ހުރިހާ ރަޙްމަތްތެރިންނެވެ. އެދުވަހު ދެވޭނީވެސް ތިޔަ ދެމަފިރިން ހަނީމޫނަށް ނުގޮސް ތިބިއްޔާއެވެ.]
ޖަޔާ އެކައްޗެކޭވެސް ނުބުނެއެވެ. ފައުޒިއްޔާ ހަވީރު ފޯނުކުރާނެ ވާހަކަ ބުނެފައި ފޯނު ބާއްވައިފިއެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު