ބޮލީވުޑޤގެ ތަރި ސަލްމާން ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑޤގެ ތަރި ސަލްމާން ޚާން- ގޫގުލް އިމޭޖެސް
ބިގް ބޮސް 18 ގެ ބައިވެރިންގެ ތެރެއިން އަންހެން ބައިވެރިޔަކު، ސަލްމާނު ޚާން އަށް ކައިވެނި ކުރުމަށް އެދި ޕްރޮޕޯސް ކޮށްފި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މިހާރު ކުރިއަށްދާ ރިއެލިޓީ ޝޯ ބިގް ބޮސްގެ "ވީކެންޑް ކާ ވާރު" އެޕިސޯޑުގައި ސަލްމާނު ވަނީ މި ޝޯގެ ބައިވެރިއެއް ކަމަށްވާ ޗާހަތުގެ ފަރާތުން ފިރިހެނެއްގެ ކިބައިގައި ހުންނަން ޖެހޭ ކޮލިޓީތައް އަހާފައެވެ. އަދި އެ ސިފަތަކަކީ ބިގް ބޮސް ގޭގައި އުޅޭ ފިރިހެނެއްގެ ކިބައިގައި ހުންނަ ސިފަތަކަކަށް ވާން ޖެހޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޗާހަތު ބުނެފައިވަނީ އޭނާ ބޭނުން ވަނީ އަމިއްލަ ނަފްސަށް އަޅާލާ ޖިމަށް ދާ މީހެއް ކަމަށެވެ. އަދި އޭނާއަކީ ނަށަން އިނގެން ޖެހޭނެ މީހެއް ކަމަށްވެސް ޗާހަތު ވަނީ ބުނެފައެވެ. އަދި ބިގްބޮސްގެ ބައިވެރިން އޭނާއާ ދިމާކުރަން ފެށުމުން އޭނާ ވަނީ ސަލްމާން ކައިރިން ކައިވެނި ކުރުމަށް އެދި އަހާފައެވެ.

"ސާރ. އަހަންނާ ކައިވެނި ކުރަންވީ އެއްނު؟" ޗާހަތު ވަނީ ސަލްމާން އަށް ޕްރޮޕޯސް ކުރަމުން ބުނެފައެވެ.

ޗާހަތުގެ މި ޕްރޮޕޯސަލް އަށް ސަލްމާނު ވަނީ ހީލުމަކާއެކު ރައްދުވެސް ދީފައެވެ. އެގޮތުން ސަލްމާނު ބުނެފައިވަނީ ޗާހަތު އެ ބުނި އެއްވެސް ސިފައެއް އޭނާގެ ކިބައިގައި ނުހުންނަ ކަމަށާއި، ޗާހަތުގެ މަންމަ އާއި އޭނާ އެއްވެސް ވަރަކަށް ނުގުޅޭނެ ކަމަށެވެ. ސަލްމާނު މިހެން ބުނުމުން ޗާހަތު ވަނީ ވާހަކަ ދައްކައިގެން ހުރިހާ ކަމެއްވެސް ހައްލު ކުރެވޭނެ ކަމަށް ބުނެފައެވެ.

ޗާހަތުގެ އިންސްޓަގްރާމުގައި އޭނާ ވަނީ މި ވީޑިއޯ ހިއްސާ ކޮށްފައެވެ. އަދި ވީޑިއޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވަނީ މި ވީޑިއޯއަށް ހާއްސަ ކެޕްޝަނެއް ބޭނުން ނުވާ ކަމަށާއި، ވީޑިއޯ ބެލުމުން ހުރިހާ ކަމެއްވެސް ސާފުކޮށް ފެންނާނެ ކަމަށެވެ.





ސަލްމާނު ވަނީ މީގެ ކުރީގައި ވަރަށް ގިނަ މީހުންނާ ލޯބީގެ ގޮތުން ގުޅިފައެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި، މޮޑެލުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން