މަރްޔަމް ނަހްދާ ވަޙީދު   25 އޮކްޓޯބަރު 2024 - 5:47
މީހަކު ފަތަނީ- ގޫގުލް އިމޭޖެސް
މީހަކު ފަތަނީ- ގޫގުލް އިމޭޖެސް
ހިތުގެ ބަލިތަކުގެ ސަބަބުން ވަރަށް ބަލި ހާލުގައި އުޅޭ މީހުން އަޅުގަނޑުމެންގެ މި ރާއްޖޭގައިވެސް ވަރަށް ގިނައިން އެބަ ތިއްބެވެ. ހިތުގެ ބަލިތަކުން ރައްކާތެރި ވުމަށްޓާކައި ހިތުގެ ސިއްހަތު ރަނގަޅު ކުރަން މަސައްކަތް ކުރަން ކޮންމެ މީހަކުވެސް ޖެހެއެވެ. ގިނަ ދިރާސާ ތަކުން ދައްކާ ގޮތުގައި، އާންމު ދިރިއުޅުމުގައި ގެންގުޅޭ ބައެއް އާދަތަކުގެ ސަބަބުން އަޅުގަނޑުމެންގެ ހިތުގެ ސިއްހަތު ރަނގަޅުވެ، ހިތުގެ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެން ދާން މަގުފަހިކޮށްދެއެވެ. މިހެންކަމުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސިއްހަތަށް ރަނގަޅު ކާނާ ކެއުމުގެ އިިތުރުން، ގިނަ ގިނައިން ހެލިފެލިވެ، ކަސްރަތުކޮށް ކަންކަން ކުރުން ވަރަށް މުހިންމެވެ.

ތިރީގައި މި ހިމަނާލަނީ ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމެވެ.

ބައިސްކަލު ދުއްވުން

ބައިސްކަލު ދުއްވުމަކީ ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށް އެހީވެދޭ ކަމެކެވެ. ބައިސްކަލު ދުއްވާއިރު އަޅުގަނޑުމެންގެ ހަށިގަނޑުގެ ގިނަ މަސްތަކެއް މަސައްކަތް ކުރާއިރު، އެކަމުގެ ސަބަބުން ހިތް ތެޅޭ މިންވަރު އިތުރުވެއެވެ. އެހެންކަމުން ހިތުގެ ސިއްހަތު ރަނގަޅު ކުރަން ބޭނުންވާނަމަ ކޮންމެ ދުވަހަކުވެސް ބައިސްކަލު ދުއްވުމަކީ ކުރެވިދާނެ ކަމެކެވެ. ކޮންމެ ދުވަހަކު 30 މިނެޓު ވަންދެން ބައިސްކަލު ދުއްވުމުން ހިތުގެ މަސްތައް ވަރުގަދަވެ، ހިތުގެ ސިއްހަތު ރަނގަޅުވެ، ހިތުގެ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެން ދެއެވެ.

ފެތުން

ފެތުމަކީވެސް ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. ފެތުމަކީ ހިތުގެ ތެޅުން އެއް ވަރެއްގައި ހިފަހައްޓާފައި ހުރެ، އަޅުގަނޑުމެންގެ މަސްތައް ވަރުގަދަ ކުރުމަށް އެހީވެދޭ ކެމެކެވެ. އަދި ފެތުމުން އަޅުގަނޑުމެންގެ ހުޅުތަކަށް އަސަރު ކުރާ މިންވަރު ކުޑަވާތީ މިއީ ކޮންމެ އުމުރުފުރައެއްްގެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.

ދުވުން



ކޮންމެ ދުވަހަކު ދުވާނަމަ ހިތާއި ފުއްޕާމޭގެ މަސްތައް އިތުރަށް ވަރުގަދަވެ، ހަށިގަނޑުގައި ލޭ ދައުރުވާ މިންވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ވެސް ލިބެއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ދުވާނަމަ ހިތުގެ މަސްތައް އިތުރަށް ވަރުގަދަވެ، ހިތް ތެޅޭ މިންވަރުވެސް ރަނގަޅުވެއެވެ. އަދި އޭގެ ސަބަބުން ހިތުގެ މައްސަލަތަކުން ރައްކާތެރިވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން