ފިލްމީ ތަރިން އަމީތާބު އާއި ރޭކާ- ގޫގުލް އިމޭޖެސް
ފިލްމީ ތަރިން އަމީތާބު އާއި ރޭކާ- ގޫގުލް އިމޭޖެސް
ހިންދީ ފިލްމު "ސިލްސިލާ" އަށްފަހު ބޮލީވުޑްގެ މަޝްހޫރި ތަރި އަމީތާބު ބައްޗަން އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބުމަކީ އޭނާއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ބޮލީވުޑްގެ ވެޓެރަން ތަރި ރޭކާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ފިލްމު ފެއާއަށް ދިން އިންޓަވިއުއެއްގައެވެ. އެގޮތުން ރޭކާ ބުނެފައިވަނީ އެކަމުގެ ސަބަބުން އެކްޓަރެއްގެ ގޮތުގައި އަމީތާބު ކުރިއަރައި ދިޔަ މިންވަރު ކައިރިން ދެކުމުގެ ފުރުސަތު އޭނާއަށް ގެއްލުނު ކަމަށެވެ.

އަދި އަމީތާބު އާއެކު ކޯ ސްޓާ ކުރުމުގެ ފުރުސަތެއް ލިބޭނެ ދުވަހަކަށް އޭރު އޭނާ އިންތިޒާރު ކުރަމުން ދިޔަ ކަމަށާއި، ނަމަވެސް އެފުރުސަތު ލިބިފައި ނުވާ ކަމަށް ރޭކާ ވަނީ ބުނެފައެވެ. އަދި ކޮންމެ ކަމެއްވެސް ވާނީ އެކަމަކަށް އެންމެ ރަނގަޅު ވަގުތެއްގައި ކަމަށްވެސް ރޭކާ ވަނީ ބުނެފައެވެ.

މި ދެ ތަރިންނަކީ 70 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ މަގުބޫލުވި ދެ ތަރިން ކަމަށްވީއިރު، އަމީތާބު އާއި ރޭކާ ވަނީ އެކުގައި މަސައްކަތް ކޮށް ގިނަ ހިޓު ފިލްމުތަކެއްވެސް ބެލުންތެރިންނަށް ގެނެސްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން