ބޮލީވުޑްގެ ތަރިން އަމީތާބު ބައްޗަން އާއި އަބިޝެކު ބައްޗަން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރިން އަމީތާބު ބައްޗަން އާއި އަބިޝެކު ބައްޗަން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަބިޝެކް ބައްޗަން އާއި އޭނާގެ ބައްޕަ އަމީތާބު ބައްޗަން ގުޅިގެން މިއަހަތު ތެރޭގައި 100 ކަރޯރު ރުޕީސް ރިއަލްސްޓޭޓަށް ހަރަދު ކޮށްފި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ސީއެންބީސީ ޓީވީ18 ގައިވާ ރިޕޯޓެއްގައި ވާގޮތުން އަބިޝެކް ވަނީ ދާދި ފަހުން މުމްބާއީގެ މުލުންޑު ވެސްޓުން 24.95 ކަރޯޑް ރުޕީސް ހަރަދުކުރުމަށްފަހު 10 އެޕާޓްމެންޓު ގަނެފައިވެއެވެ. އަދި މި އެޕާޓްމެންޓު ތަކުގެ ކޯ އިންވެސްޓަރަކީ އަމީތާބު ބައްޗަން ކަމަށްވެސް ރިޕޯޓުގައި ވެއެވެ. މި އެޕާޓްމެންޓުތަކަކީ އޮބްރޯއި ރިއަލިޓީގެ ޕްރީމިއަމް ރެޒިޑެންޝަލް ޕްރޮޖެކްޓު އެޓާނިއާ ގެ ދަށުން ހަދާފައިވާ އެޕާޓްމެންޓު ތަކެކެވެ. މީގެ ތެރެއިން 8 އެޕާޓްމެންޓަކީ 1049 އަކަފޫޓުގެ ތަންތަނަށްވީއިރު، އަނެއް ދެ އެޕާޓްމެންޓަކީ 912 އަކަފޫޓުގެ އެޕާޓްމެންޓުތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައްޗަން އާއިލާއިން ވަނީ މި އެޕާޓްމެންޓުތަކަށް ޑިއުޓީއެއްގެ ގޮތުގައި 1.5 ކަރޯޑް ރުޕީސް ދައްކާފައެވެ. އެގޮތުން އަބިޝެކް ވަނީ 6 އެޕާޓްމެންޓަކަށް އިންވެސްޓުކޮށް 14.77 ކަރޯޑް ރުޕީސް ހޭދަކޮށްފަައެވެ. އަދި އަމީތާބު ވަނީ 4 އެޕާޓްމެންޓަކަށް 10.18 ކަރޯޑް ރުޕީސް ހޭދަކޮށްފައެވެ. މި އެޕާޓްމެންޓުތައް ގަތުމާއެކު އަބިޝެކް އާއިލާއިން މިއަހަރު ރިއަލްސްޓޭޓަށް ހޭދަކުރި އަދަދު ވަނީ 100 ކަރޯޑް ރުޕީސް އަށް އަރާފައެވެ.

ބައްޗަން އާއިލާއަކީ ކޮންމެ އަހަރަކުވެސް ރިއަލްސްޓޭޓަށް ވަރަށް ބޮޑަށް އިންވެސްޓު ކުރާ އާއިލާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން