ކެންސަރު ބަލިން ދުރުވާން ބޭނުންނަމަ މޭވާއާއި ތަރުކާރީ ކެއުން ވަރަށް މުހިންމު
ކެންސަރު ބަލިން ދުރުވާން ބޭނުންނަމަ މޭވާއާއި ތަރުކާރީ ކެއުން ވަރަށް މުހިންމު
ކެއުމުގައި ފައިބަރު އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުން ކުރުމަކީ އޭގެ ސަބަބުން ސިއްހީ އެތައް މައްސަލައެއް ހައްލުވާ ކަމެކެވެ. ފައިބަރު އެކުލެވޭ ކާއެއްޗެހި ކެއުމުން ހަޖަމުގެ މައްސަލަތަކުން މީހާ ދުރުވެ، މީހާގެ ސިއްހަތުވެސް ދުޅަހެޔޮ ވެއެވެ. މީގެ އިތުރުން ފައިބަރު އެކުލެވޭ އެއްޗެހި ކެއުމުން ކެންސަރު ބަލިންވެސް މީހާ ރައްކާތެރި ކޮށްދެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ކެންސަރު ބަލިން ރައްކާތެރި ކުރުމަށް އެހީވެދޭ ބައެއް ބާވަތްތަކެވެ.

މޭވާ

ވަރަށް ގިނަ މޭވާގެ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭ ބާވަތްތަކެވެ. އާފަލު، ނާސްޕަތީ އަދި ބެރީ ފަދަ މޭވާގެ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭ އެއްޗެހި ކަމަށް ވުމުން މި ބޭނުން ކުރުމުން ހަށިގަނޑަށް ވަރަށް ގިނަ އެންޓި އޮކްސިޑެންޓްތައް އެތެރެވެއެވެ. މި އެންޓި އޮކްސިޑެންޓުތަކަކީ އޮކްސިޑޭޓިވް ސްޓްރެސް އާ ދުރުކޮށްދޭ އަދި މީހާގެ ހަށިގަނޑު ދުޅަވުން ކުޑަކޮށްދޭ މާއްދާތަކެވެ. އެހެންކަމުން މޭވާގެ ބާވަތްތައް ކާނަމަ މީހާ ކެންސަރު ބައްޔާ ދުރުކޮށްދެއެވެ.

ތަރުކާރީ

ބްރޮކޮލީ، ކެރެޓު އަދި ބްރަސުލް ސްޕްރައުޓު ފަދަ ތަރުކާރީގެ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިނާއި މިނަރަލް އަދި ފައިބަރު އެކުލެވޭ ބާވަތްތަކެވެ. މި ބޭނުން ކުރުމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފައިބަރު އެތެރެވެ، ހަޖަމުގެ ނިޒާމުގެ މައްސަލަތަކުން މީހާ ދުރުވެއެވެ. އަދި ތަފާތު އެކިކަހަލަ ކެންސަރު ބަލިތަކުން ވެސް މީހާ ރައްކާތެރި ކޮށްދެއެވެ.

ބަދަނާއި އޮށް

އަލްމަންޑް، ޗިއާ ސީޑް އަދި ފްލެކްސްސީޑް ފަދަ ބާވަތްތަކަކީ އޭގައި ވަރަށް ގިނަ އަދަދަކަށް ފައިބަރު އެކުލެވޭ ބާވަތްތަކެވެ. މި ބޭނުން ކުރުމުން މީހާ ގޮހޮރުގެ މައްސަލަތަކުން ދުރުކޮށްދީ ކެންސަރު ބަލިންވެސް މީހާ ދުރުކޮށްދޭނެއެވެ.

ބްރައުން ރައިސް

ބްރައުން ރައިސް އަކީ ގިނަ އަދަދަކަށް ފައިބަރު އާއި ނިއުޓްރިއެންޓު އެކުލެވޭ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ބޭނުން ކުރާނަމަ ގޮހޮރުގެ ނިޒާމަށް ޖެހޭ ކެންސަރާއި އަދި އެހެނިހެން ކެންސަރުތަކުން މީހާ ރައްކާތެރި ކޮށްދެއެވެ.

މަސްދަރު: ލައިވްމިންޓު.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން