ސްކޫލުގައި އުޅުނުއިރު ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަދި ޑައިރެކްޓަރު ކަރަން ޖޯހަރު އަށް ބުލީ ކުރި ކަމަށް ޑައިރެކްޓަރު ނިކިލް އަދްވާނީ ބުނެފިއެވެ.
ދާދި ފަހުން ސައިރަސް ބްރޯޗާއާއެކު ކުރިއަށް ދިޔަ އިންޓަވިއުއެއްގައި ނިކިލް ވަނީ ކަރަން ޖޯހަރު އާ އޭނާއާ ދެމެދު މީގެ ކުރީގައި މައްސަލަ ޖެހުނު ސަބަބާމެދު ވާހަކަ ދައްކާފަައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ސްކޫލު ދައުރުގައި އުޅުނު އިރު އޭނާ ވަނީ ވަރަށް ބޮޑަށް ކަރަން އަށް ބުލީ ކޮށްފައި ކަމަށެވެ. އެގޮތުން ސްކޫލު ދައުރުގައި ނިކިލް އާއި ކަރަން އުޅުނީ ދެ ހައުސް އެއްގައި ކަމުން ހައުސް ވާދަވެރިކަމުގެ ތެރޭގައި ދިމާވާ އެކި ކަންކަމުގައި ކަރަން އަށް އޭނާއާއި އަދި ސްކޫލުގެ އެހެން ދަރިވަރުންވެސް ބުލީ ކުރި ކަމަށް ނިކިލް ވަނީ ބުނެފައެވެ.
އަދި އެހުރިހާ ކަމެއް އެހެން ވެފައިވީނަމަވެސް ކަލް ހޯ ނަހޯ ލިޔުމަށްފަހު އެ ޑައިރެކްޓު ކުރުމަށް އޭނާގެ ފަރާތުން ކަރަން އެެދުމުން އެކަމާ ވަރަށް ހައިރާންވީ ކަމަށް ނިކިލް ވަނީ މި އިންޓަވިއުގައި ބުނެފައެވެ.
"އެ ފިލްމު ޑައިރެކްޓު ކުރުމަށް އެހީއަށް އެދުމުން ވަރަށް ހައިރާންވި، އެއީ އަހަރެން ވަރަށް ސްކޫލު ދައުރުގައި އުޅުނު އިރު ކަރަން އަށް ބުލީ ކުރިން" ނިކިލް ވަނީ އިންޓަވިއުގައި ބުނެފައެވެ.
ކަރަން އެހީއަށް އެދުމުން ކަލް ހޯ ނަހޯ ޑައިރެކްޓު ކުރިކަމަށާއި ފިލްމު ނެރުމަށްފަހުވެސް ދެމީހުންގެ މެދުގައި ފިލްމުގެ ކްރިއޭޓިވިޓީ އާ ބެހޭ ގޮތުން މައްސަލަތައް ޖެހުނު ކަމަށް ނިކިލް ވަނީ ބުނެފައެވެ. ނަމަވެސް ފަހުން އެ މައްސަލަތައް ހައްލު ކޮށްފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ކަރަން ޖޯހަރު ވަނީ ބޮލީވުޑް ދުށް އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ "ދަރްމާ ޕްރޮޑަކްޝަން" އުފައްދައި އެ ލޭބަލްގައި އެތައް ހިޓު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައެވެ. ނިކިލް ވެސް ވަނީ ވަރަށް ގިނަ ހިޓު ފިލްމުތަކެއް ޑައިރެކްޓު ކޮށްފައެވެ. ނަމަވެސް އޭނާގެ އެންމެ ފަހުގެ ޑައިރެކްޝަން "ވެޑާ" ވަނީ ބޮކްސް އޮފީހުގައި ނާކާމިޔާބު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު