ނިރުބަވެރި އިސްރާއީލުން ފަލަސްދީނުގައި ހިންގަމުންދާ ގަތުލުއާއްމުގެ ތެރެއިން އެގައުމުގެ އުތުރުގައި ހިންގި ޖަރީމާއެއްގައި 45 މީހުން މަރާލައިފިއެވެ.
ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރު) އާ ހަވާލަދީ އަލް ޖަޒީރާ އިން ބުނީ ޣައްޒާގެ އުތުރުގެ ބެއިޓް ލަހިޔާގެ ހަ އިމާރާތަކަށް ނިރުބަވެރިން ބޮން އަޅާލާފައިވާއިރު މި ހަމަލާތަކުގައި 45 މީހުން މަރުވެފައިވާ ކަމަށެ އެވެ.
ފަލަސްތީނުގެ ސަރަހައްދުގައި އެމެރިކާގެ އެހީގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ސީއޭއައިއާރު އިން ވަނީ އެމެރިކާއަށް ގޮވާލާފައެވެ.
ފަލަސްދީނުގެ އިތުރުން ލުބުނާނުގެ ބެއިރޫތަށްވެސް ނިރުބަވެރިން ދަނީ ހަމަލާތައް ދެމުންނެވެ. އެގޮތުން ބެއިރޫތުގެ ދެކުނުގެ ހިސާބުތަކަށް ނިރުބަވެރި އިޒްރޭލުގެ ސިފައިން ވަނީ ވައިގެ މަގުން ހަމަލާދީ އެތަނުގެ ބައެއް އަވަށްތަކުގެ ރައްޔިތުން އެމީހުންގެ ގެތަކުން ނުކުތުމަށް އިންޒާރު ދީފައެވެ.
ޣައްޒާގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 42،847 މީހުން މަރުވެ 100،544 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު