ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް (ކ) ކުރީގެ ޕީޖީ ޝަމީމްއާއެކު--
ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް (ކ) ކުރީގެ ޕީޖީ ޝަމީމްއާއެކު--
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލީ ސަމީރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސަމީރު އެ މަގާމުން އިސްތިއުފާ ދެއްވިކަން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ކުރިން ހައި ކޯޓުގެ ފަނޑިޔާރުކަންވެސް ކުރެއްވި ސަމީރު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްުޔަނުކުރެއްވީ 2022 ވަަނަ އަހަރުގެ މޭ މަހު އެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ސަމީރު ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވި އިރު އޭނާގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދިޔައީ ބަލަމުން ނެވެ.

ސަމީރު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވިއިރު މިދިޔަ އޮގަސްޓު މަހު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް ވެސް އިސްތިއުފާ ދެއްވައިފަ އެވެ. އެއީ ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން