ވެކްސިން ޖަހައިގެންވެސް ބައެއް ކެންސަރުތަކުން ރައްކާތެރިވޭ- ގޫގުލް އިމޭޖެސް
ވެކްސިން ޖަހައިގެންވެސް ބައެއް ކެންސަރުތަކުން ރައްކާތެރިވޭ- ގޫގުލް އިމޭޖެސް
ކެންސަރު ބައްޔަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވަރަަށް ގިނަ މީހުން ތަހައްމަލު ކުރަމުންދާ ބައްޔެކެވެ. މި ބައްޔާ ހަނގުރާމަ ކުރުމުގެ ތެރޭގައި ދުނިޔެ ދޫކޮށްދާ މީހުންވެސް މަދެއް ނޫނެވެ. ކެންސަރު ބައްޔާ ދެކޮޅަށް ފަރުވާ ހޯދުމަށް ދިރާސާވެރިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު ވަނީ ބައެއް ކަހަލަ ކެންސަރުތަކަށް ވެކްސިން އުފައްދާފައެވެ.

މި ވެކްސިންތަކުގެ ބޭނުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ޓްރެއިނު ކޮށް ހަށިގަނޑުގައިވާ އެބްނޯމަލް ނުވަތަ ރަނގަޅުނޫން ސެލްތަކުން މީހާ ރައްކާތެރި ކުރުމެވެ. ކެންސަރު ބަލީގެ މާހިރުން ބުނާގޮތުގައި މި ވެކްސިންތަކަކީ އޭގައި ޓިއުމަރަކާ އެއްފަދަ އެންޓިޖެން އެއް އެކުލެވޭ ވެކްސިން ތަކެކެވެ.

ތިރީގައި މި ހިމަނާލަނީ ވެކްސިން ޖަހައިގެން ރަނގަޅު ކުރެވޭ ބައެއް ކެންސަރުތަކެވެ.

ފުރަމޭގެ ކެންސަރު

ފުރަމޭގެ ކެންސަރު ޖެހުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ހެޕަޓައިޓިސް ބީ ޖެހުމެވެ. މިއީ ހެޕަޓައިޓިސް ބީ ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހި މާބޮޑަށް މީހާގެ ދިފާއީ ނިޒާމު ބަލިކަށިވާނަމަ މިބަލި އިތުރަށް ފުޅާވެ ކެންސަރަށް ބަދަލުވެއެވެ. އެހެންކަމުން ފުރަމޭގެ ކެންސަރުތަކުން ދުރުހެލިވާން ބޭނުންވާނަމަ ހެޕަޓައިޓިސް ބީ ވެކްސިން ޖަހައި މިބަލިން ރައްކާތެރި ވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބްލެޑާ ކެންސަރު

ބްލެޑާ ކެންސަރު ނުވަތަ ކުޑަކަމުދާ ނިޒާމަށް ޖެހޭ ކެންސަރުން މީހާ ރައްކާތެރި ކުރުމަށް ޖަހާ ވެކްސިނަކީ ބީސީޖީ ވެކްސިނެވެ. މިއީ އެކްޓިވޭޓު ނުކޮށް ހުންނަ ޓިއުބާކިއުލޮސިސް އިން އުފައްދާ ވެކްސިނެކެވެ. މި ވެކްސިން ޖެހުމުން ދިފާއީ ނިޒާމުގެ ސެލްތައް ސްޓިމިއުލޭޓުކޮށް، އޭގެ އެހީގައި ކުޑަކަމުދާ ނިޒާމުގައިވާ ކެންސަރު ސެލްތައް ނައްތާލައެވެ.

ސާވިކަލް ކެންސަރު

ސާވިކަލް ކެންސަރު ނުވަތަ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ކެންސަރުން މީހާ ސަލާމަތް ކޮށް ރައްކާތެރި ކުރުމަށް ބޭނުން ކުރާ ވެކްސިނަކީ އެޗްޕީވީ ވެކްސިނެވެ. މިއީ ހިއުމަން ޕަޕިލޯމާ ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރާ ވެކްސިނެކެވެ. މިއީ އެއްދާން ކުރުމުގެ ތެރޭގައި ގައިން ގަޔަށް އަރާ ވައިރަހެކެވެ. މިވެކްސިން ޖެހުމުން ސާވިކަލް ކެންސަރު ޖެހުމުގެ ފުރުސަތު 90 އިންސައްތައަށް ދުރުކޮށްދެއެވެ.

މަސްދަރު: ޓައިމްސްއޮފްއިންޑިއާ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން