ސައުދީ އަރަބިއާގައި ހިންދީ ފިލްމު "ސިންގަމް އެގެއިން" އާއި "ބޫލް ބުލައްޔާ 3" ދެއްކުން މަނާ ކޮށް މި ފިލްމުތައް ބޭން ކޮށްފިއެވެ.
މިއަދު ނެރުމަށް ހަމަޖެހުފައިވާ ދެ ފިލްމު ކަމުގައިވާ "ސިންގަމް އެގެއިން" އާއި "ބޫލް ބުލައްޔާ 3" އަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ދެ ފިލްމެވެ. ނަމަވެސް ސައުދީ އަރަބިއާއިން ވަނީ މި ދެ ފިލްމުވެސް ދެއްކުން މަނާ ކޮށްފައެވެ.
އެގޮތުން ސައުދީގައި "ސިންގަމް އެގެއިން" ނެރުމާއި ދެއްކުން މަނާކޮށްފައިވަނީ ދީނީ މައްސަލަތަކެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި "ބޫލް ބުލައްޔާ 3" މަނާ ކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރާތީ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މީގެ އިތުރުން ސިންގަޕޫރުން ވަނީ "ސިންގަމް އެގެއިން” ނެރުން ފަސްކޮށްފައެވެ. އެ ގައުމުން ފިލްމު ނެރުން ފަސްކޮށްފައިވަނީ ފިލްމު ސެންސަރު ކުރުމުގެ މަސައްކަތް ވަގުތައް ނިންމާފައި ނުވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާރު ސިންގަޕޫރުގައި މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 7 ގައެވެ.
މިއަދު ނެރުމަށް ހަމަޖެހިފައިވާ މި ދެ ފިލްމް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޮޑު ސްކްރީނުތަކުގައި އަޅުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު